މުސީރުކަމަށް އައްޔަން ކުރެއްވުމާއިއެކު އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި
ދެންމެ | 09 ޖޫން 2026

މި ސަރުކާރުގައި، ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރުކަން ކުރން ކުރެއްވި އާދަމް ނަސީރު އިބްރާހީމް، ރައީސް އޮފީހުގެ މުޝީރު ކަމަށް މިއަދު އައްޔަންކުރައްވައިފިއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހާ ހަމައަށް ވެސް ރައީސް މުއިއްޒުގެ ކެބިނެޓުގައި އިންނެވި، އާދަމް ނަސީރު ރައީސް އޮފީހުގެ މުޝީރު ކަމަށް އައްޔަން ކުރައްވާފައި ވީނަމަވެސް އެބޭފުޅާ އައްޔަންކުރައްވައިފައި ވަނީ ކޮން ފެންވަރެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އުފެއްދެވި، ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީއަށް އައްޔަންކުރެއްވި އާދަމް ނަސީރު އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައި ވާއިރު، އެބޭފުޅާ އާ އެކުގައި އިތުރު ނުވަ މިނިސްޓަރަކު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.އެބޭފުޅުން އިސްތިއުފާ ދެއްވާފައި ވަނީ މިއަހަރުގެ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ފަހުން ކަމަށް ވާއިރު، އެ މިނިސްޓަރުންގެ އިސްތިއުފާއަށް ފަހު، ކެބިނެޓަށް އާ މިނިސްޓަރުން ރައީސް މުއިއްޒު އައްޔަންކުރެއްވީ، ބައެއް މިނިސްޓްރީތަކުގެ ޒިންމާތައް އެހެން މިނިސްޓްރީތަކާ ހަވާލުކުރައްވާ އެ މިނިސްޓްރީތައް އުވާލައްވާފައެވެ.އެގޮތުން މީގެ ކުރިން އޮތް ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ ބަދަލުގައި މިހާރު ހުންނަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ކަން ފާހަގަކޮށްލެވެއެވެ.ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން އެ މިނިސްޓަރުން އިސްތިއުފާ ދެއްވީކަމަށް ރައީސް އޮފީހުން އޭރު ބުނި ނަމަވެސް، އިސްތިއުފާ ދެއްވި ބައެއް ބޭފުޅުންނަށް އެފެންވަރުގެ ބޮޑެތި މަގާމުތައް ރައީސް މުއިއްޒު މިހާރު ހަމަޖައްސަވައިދެއްވާފައި ވާކަން ފާހަގަކޮށްލެވެއެވެ.އެގޮތުން، އޭރު އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމް ޔޫއޭއީގެ ސަފީރަކަށް އައްޔަން ކުރައްވާފައި ވާއިރު، ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރުގެ ސަފީރަކަށް އައްޔަން ކުރައްވާފައި ވެސް ވެއެވެ.އަދި މީގެއިތުރުން، ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް, މިނިސްޓަރު ފެންވަރުގައި އަނެއްކާ ވެސް ރައީސް އޮފީހުގެ މަގާމަކަށް އައްޔަން ކުރައްވާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!