ފޭސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަޅިވިލާއިން ހޯދައިފި
ދެންމެ | 14 ނޮވެމްބަރ 2022

އެސްޓީއޯ ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަޅިވިލާއިން ހޯދައިފި އެވެ.

ފަންބޮނޑިން މެއިން ސޮޕޮންސަރ ކޮށްފައިވާ މި މުބާރާތުގެ ޗެމްޕިއަން ކަން އަޅިވިލާ ހޯފައިފައި ވަނީ ފައިނަލްގައި ފެހި ވިލާގެ މައްޗައް 5 ލަނޑު 1 ލަނޑުން ކުރި ހޯދައިގެން ނެވެ.

ތ. އަތޮޅު ވިލުފުށީގައި ކޮންމެ އަހަރަކު ފޭސް ޖަމްޢިއްޔާއިން އެ ރަށުގެ 4 ވިލާއަށް ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތް ކުރިއަށް ދިޔައީ 2 މިމަހުގެ އިން 11 އަށެވެ.

މު މުބާރާތުގެ ފައިނަލް މެޗްގެ ރެފްރީކަން ކޮށްފައި ވަނީ ސްރީލަންކާގެ ފީފާ ރެފްރީ އެކެވެ.

މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި އުރީދޫ އާއި ރީޖަނަލް އެއަރޕޯޓާއި ރިލެކް ސްޕީޑު އަދި ފެނަކަ އިތުރުން ސެލެކް ވެސް ހިމެނިގެން ހޮސްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!