ކުރީ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކް އާ އަޅުވާއި ކުރީ ސަރުކާރުން މޯގޭޖް ކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލް އަނބުރާ ގެނެވުނީ ގެއްލުމުގެ މަގުމަތީގައި ވަނިކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ.މީދޫގެ ކައުންސިލުގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް ކުރިއަށްގެންދިޔަ އިތުރުބުރުގެ ވޯޓުން ޕީއެންސީއަށް ލިބުނު ކާމިޔާބު ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސްވަނީ ކުރީ ސަރުކާތުތަކުން ނަގާފައިވާ ލޯނުތަކާ އެ ސަރުކާރުތަކުގެ ސިޔާސަތުތަށް ބައްޓަން ކޮށްފައިވާ ގޮތަށް އަލިއަޅުއްވާ ލައްވާފައެވެ.
ރައީސް ވިދާޅުވީ 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކާފައިވާނީ ރައްޔިތުންގެ ހަރު މުދާތަށް ވެސް ސަލާމަތް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީސަރުކާރު ތަކުން ނަގާފައިވާ ދަރަނީގެ އެެއްބައި މިހާރު ދައްކާފައިވާކަމަށެވެ. އެގޮތުން މި ސަރުކާރުގެ 2 އަހަރާއި ބައިގެ ތެރޭގައި ބޭރުގެ ދަރަނީގެ ގޮތުގައި 1.29 ބިލިއަން އެމެރިކާ ޑޮލަރު ދެއްކުނު ނަމަވެސް ،އަދިވެސް ދެއްކުނު އަދަދަށް ވުރެ ކުރިއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދަު ބޮޑުކަމަށެވެ.
ރައީސް ވިދާޅުވީ ނިމުނު ސަރުކާރުގައި ފެނުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް، ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި، ދޫކޮށްލި މަންޒަރު ކަމަށެވެ. އަދި މި ސަރުކާރުގެ ބިނާކުރުމުގެ ސިޔާސަތުގެ ދަށުން އެ ސަރަހައްދު ދޫކޮށްލި ސިޓީ އަނބުރާ ގެނެސް، އެއިރު ވިއްކައިލި ނުވަތަ ދޫކޮށްލި ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން މި ގައުމުގެ ސަރަަހައްދެެއްކަމަށް ކަނޑައަަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ.
އީސް ވިދާޅުވީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތަކީ ދިވެހިން އިސްކުރުމުގެ ސިޔާސަތެއްކަމަށާއި ނަމަވެސް ކުރިން ކަން އޮތީ އެހެންނޫން ކަމަށެވެ. އެއިރު ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތީ ވަކި ގައުމަކުން ބޭނުންވުމުން ހުރިހާ ކަމެއް ކުރެވޭ ގޮތަށްކަމަށާއި، އެގޮތުން ވަކި ގައުމަކުން ބޭނުންވީމަ އެކުވެރި ގައުމުތަކާ އޮންނަ ގުޅުން ކަނޑައިލާ، ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ރާއްޖެ ވަކިވަމުންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.



