އިންސާނާގެ އެކި ގުނަވަންތައް ވަކިވަކިން ހަދިޔާ ކުރެވޭ ބިލް ތަސްދީގު ނުކުރައްވައި ފޮނުވައިލައިފި
ދެންމެ | 17 ޖޫން 2026

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލިހަށް ފޮނުވާލެއްވީ ގައިދީންނަކީ ފުރިހަމަ ރުހުމާއެކު ގުނަވަން ހަދިޔާކުރާނެ ބައެއް ކަމުގައި ފެނިވަޑައިނުގަންނަވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު ތަސްދީގުނުކޮށް ރައީސް މުއިއްޒު މަޖިލިހަށް އަނބުރާ ފޮނުވާލީ މިދިޔަ މަހުގެ 31، ގަ އެވެ.

ބިލް ތަސްދީގު ނުކުރައްވާ މަޖލިހަށް ފޮނުއްވި ސިޓީގައި ރައީސް ވިދާޅުވީ ގުނަވަން ހަދިޔާކުރާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭ ހިމެނޭ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްކަމުގައި ނުވުމާއި، އަދި ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން، އެ ދެ ޝަރުތު މަޖިލީހުން އުނިކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

އެ ޝަރުތުތައް ހިމެނީ އެއްވެސް މަޖުބޫރުކަމެއް ނެތި ރުހުމާއެކީ ގުނަވަން ހަދިޔާކުރުމުގެ ޝަރުތަކީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ވެސް ބަލައިގެންފައިވާ ޝަރުތުތަކަށް ވެފައި، ގާނޫނު އެންމެ ފުޅާމިނުގައި ތަންފީޒުކުރުމަށްޓަކައެވެ.

“ ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިޚްތިޔާރާއި މިނިވަންކަން ގައިދުވެ ޚާއްސަ ހާލަތްތަކެއްގައި ތިބޭ ބައެއް ކަމުގައިވާއިރު، އެ މީހުންނަކީ ފުރިހަމަ ރުހުމާއެކު، އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި ގުނަވަން ހަދިޔާކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބައެއް ކަމަކަށް ނުފެނެއެވެ،“ ރައީސްގެ ސިޓީގައިވެއެވެ.

ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ އަލުން ކޮމިޓީއަށް ފޮނުވަން މިއަދު ޖަލްސާގައި ވަނީ ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!