މިއަހަރުގެ މިހާތަނަށް ރާއްޖެއައި ޓޫރިސްޓުންގެ އަދަދު މިލިއަން ހުރަސްކޮށް މައްޗަށް ޖެހިލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 1,007,009 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ. މީ މދިިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 5 އިންސައްތަ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖެ އަށް 1,059,709 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ.
އެންމެ ގިނަ ޓްއަރިސްޓުން އައި ތިން ގައުމު
ޗައިނާ – 155،946 ޓޫރިސްޓުން
ރަޝިއާ – 138،859 ޓޫރިސްޓުން
އިނގިރޭސިވިލާތް- 83،389 ޓޫރިސްޓިން
ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 2.2 މިލިއަން ޓޫރިސްޓުންނެވެ.
ޓްއަރިސްޓުންނަށް ހިދުމަތް ދިނުމަށް މިވަގުތު ރާއްޖޭގައި 1286 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 67،468 އަށް އަރައެވެ.



