މަންމައަށް ހަމަލާދީ ޒަހަމްކޮށްލި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި
ދެންމެ | 18 ޖޫން 2026

މަންމައަށް ހަމަލާދީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ހއ. ހޯރަފުށީ ކޮތަރިވިލާ މުހައްމަދު ސުނާހުއެވެ. އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ މުއްދަތު ޖަހާދީފައެވެ.

ބަންދުގެ އަމުރުގައިވާ ގޮތުން މި މީހާވަނީ އޭނާގެ މަންމައާ މާރާމާރީ ހިންގުމުގެ އިތުރުން މަންމައަށް އިންޒާރުވެސް ދީފައެވެ. އެހެންނަމަވެސް ބަންދުގެ މުއްދަތު މަޖލީހުގައި ވާހަކަ ދައްކަމުން އޭނާ ވަނީ މަންމަގެ ގައިގައި ޖެހިކަމަށް ބުނާ ވާހަކައަށް އިންކާރުކޮށްފައެވެ.

މި މީހަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!