ދިގު ދޮންކެޔޮ އާލާ ކުރަން 11 ރަށަކަށް 1865 ފަތްކެޔޮގަސް ފޮނުވައިފި
ދެންމެ | 23 ޖޫން 2026

ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން 11 ރަށަކަށް ތަކެތި ފޯރުކޮށްދީފިކަމަށް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ ފަތްކެޔެ އިންދުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދަނީ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގެ ރަށް ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) އާއި ގުޅިގެންކަމަށެވެ.

އެގޮތުން ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޝައުޤުވެރިކަން ފާޅުކޮށް، ޕްލޭން ހުށައަޅާފައިވާ ޑަބްލިއު.ޑީ.ސީ ތަކުގެ ތެރެއިން މައުލޫމާތު ފުރިހަމަ އަށް ހިއްސާ ކުރި ރަށްތަކަށް ފަތްކެޔޮ މުޑުވައް އަދި ގަސްކާނާ ފޯރު ކޮށްދިނުމުގެ ފުރަތަމަ ބުރުގެ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

ފުރަތަމަ ބުރުގައި 11 ރަށަކަށް ޖުމްލަ 1865 ފަތްކެޔޮގަސް ފޮނުވާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

 

ފުރަތަމަ ބުރުގައި ފަތްކެޔޮގަސް އަދި ގަސްކާނާ ފޯރު ކޮށްދީފައިވާ ރަށްތައް:

ހއ.އިހަވަންދޫ

ހއ.މާރަންދޫ

ހއ.ތަކަންދޫ

ހއ. އުލިގަން

ހދ.ކުމުންދޫ

ހދ.ވައިކަރަދޫ

ށ.ބިލެއްފަހި

ށ.ގޮއިދޫ

ށ.މަރޮށި

ނ.މާޅެންދޫ

ނ.މާފަރު

ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއި، ރާއްޖޭގެ އުފައްދާތަކެތީގެ މިންވަރު އިތުރުކުރުމަށް، މަސައްކަތް ކުރަމުން އަންނަކަމަށާއު މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ފަތްކެޔޮ އާލާކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!