ޕީއެންސީގެ އެތެރޭ އިންތިހާބުގެ ވޯޓުލުން ޖޯޝާއި ފޯރީގައި ފަށައިފި
ދެންމެ | 11 ޖުލައި 2026

ވެރިކަން ކުރާ ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިހާބުގެ ވޯޓުލުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެކަމަށް ޕީއެންސީން ބުނެއެވެ.

މި އިންތިހާބުގައި މާލޭގެ އިތުރުން 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށާއި އެ ދާއިރާތަކަށް 2،500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރައެވެ.

މި އިންތިހާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއްކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށެެވެ. އިންތިހާބުގައި ވޯޓުލެވޭނީ ހުސްވި ޖޫންމަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުގައި ކޮންގްރެސް ޕާޓީގެ ނަމުގައި ދަފްތަރުވެފައިވާ މެމްބަރުންނަށް އެކަނިކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ޕާޓީގެ ކޮންގްރެސް އޮންނާނީ ސެޕްޓެމްބަރު 15-18 އަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!