އެމެރިކާގެ ނުލަފާކަން ނިމި ކުޑަކަކުލަށް ތިރިވެ، ޓްރަންޕް ސައިޒަށް ކެޑެންދެން ހޮރުމޫޒް ބަންދުވާނެ: އީރާން އަސްކަރިއްޔާ
ދެންމެ | 15 ޖުލައި 2026

”އެމެރިކާގެ ނުބައި އަނިޔާވެރި އަމަލުތައް ނިމެންދެން“ ސްޓްރޭޓް އޮފް ހޮރްމުޒް ބަންދުވާނެ ކަމަށް އިރާނުގެ އިސްލާމީ ރެވެލިއުޝަނަރީ ގާޑް (އައިއާރްޖީސީ)ން ބުނެފިއެވެ.

އެމެރިކާއާއި އީރާނުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށްދާއިރު، އެމެރިކާއިން ރޭވެސް ވަނީ އީރާނަށް ހަމާލާތަކެއް ދީފައެވެ.

މި ހަމަލާތަކާއި ދެކޮޅަށް އީރާނުން ވެސް ދަނީ ވަރުގަަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާގެ އަސްކަރިއްޔާއިން އިރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވަނީ އެމެރިކާގެ ނާކާމިޔާބީ ފޮރުވުމަށްޓަކައި، ކަނޑުގެ މުހިންމު ސަރަހައްދެއް ހުރަސްކުރަން އުޅުނު އުޅަނދުތަކަކަށް ހަމަލާދޭ ކަމުގެ ބަހަނާ ދައްކަމުން ކަމަށެވެ.

ނަމަވެސް، އިރާނުން ބަންދުކޮށްފައިވާ ކަނޑުގެ ސަރަހައްދަށް ވަނުމަށް ނުވަތަ އެމެރިކާއާ ބައިވެރިވުމަށް އެއްވެސް އުޅަނދަކަށް ކެރިފައިނުވާކަން އައިއާރްޖީސީން ފާހަގަކުރިއެވެ. އެހެންކަމުން، ހަގީގަތުގައި އެފަދަ އެއްވެސް ހަމަލާއެއް އަމާޒުވެފައި ނުވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!