ރާއްޖެއަށް މިމަހު 85،135 ފަތުރުވެރިން އައިސްފައިވޭ: ޓޫރިޒަމް
ދެންމެ | 17 ޖުލައި 2026

މިމަހު އެކަނި ވެސް ރާއްޖެއަށް 85،135 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،155،017 (އެއް މިލިއަން އެއްލައްކަ ފަންސާސް ފަސް ހާސް ސަތާރަ) ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އެގޮތުން އެންމެ ގިނަ ފަތުރުވެރިން އައިސްފާވަނީ ޗައިނާއިންނެވެ. އެ ގައުމުން 190،016 (އެއްލައްކަ ނުވަދިހަ ހާސް ސޯޅަ) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެއީ 164،067 (އެއް ލައްކަ ފަސްދޮޅަސް ހަތަރު ހާސް ފަސްދޮޅަސް ހަތް) ފަތުރުވެރިންނެވެ. އިންގިރޭސިވިލާތުން 91،574 (ނުވަދިހަ އެއްހާސް ފަސްސަތޭކަ ހަތްދިހަ ހަތަރު) ފަތުރުވެރިން ޒިޔާރާތްކޮށްފައިވެ އެވެ. އެއާ އެކު އެގައުމު ހިމެނެނީ ރާއްޖެ އަށް 3 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމުގެ ގޮތުގެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1،213،647(އެއް މިލިއަން ދެލައްކަ ތޭރަ ހާސް ހަ ސަތޭކަ ސާޅީސް ހަތް) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި 2024 ވަނަ އަހަރު ޒިޔާރަތްކޮށްފައިވަނީ 1،105،567 (އެއް މިލިއަން، އެއްލައްކަ ފަސް ހާސް ފައްސަތޭކަ ފަސްދޮޅަސް ހަތް) ފަތުރުވެރިންނެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު، 4.8 އިންސައްތަ ވަނީ ދަށްވެފަ އެވެ. މިމިދިޔަ އަހަރު ޖުލައި މަހު ރާއްޖެއަށް އައިސްފައިވަނީ 87،563 (އަށްޑިހަ ހަތްހާސް ފަސް ސަތޭކަ ފަސްދޮޅަސް ތިނެއް) ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ހަނިމާދޫ އެއާޕޯޓް މެދުވެރިކޮށެވެ. އެއީ 2،528 އެވެ. ސީޕޯޓު މެދުވެރިކޮށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 15،577 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 820،284 ( އައްލައްކަ ވިހިހާސް ދުއިސައްތަ އަށްޑިހަ ހަތަރު ) ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ. އަދި 258،538 (ދެ ލައްކަ ފަންސާަސް އަަށްހާސް ފައްސަތޭކަ ތިރީސް އަަށް9 ފަތުރުވެރިން ގެސްޓްހައުސްތަކަށް ގޮސްފައިވާއިރު، ހޮޓެލްތަކަށްޒިޔާރަތްކޮށްފައި ވަނީ 27،050 ފަތުރުވެރިނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!