ބިޔަ ދެ މުޖުރިމުންގެ ތާއީދާއި އާޖެންޓީނާ ޗޮކުންގޮސް ހަފުސް ވެއްޖެ
ދެންމެ | 20 ޖުލައި 2026

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލްގައި، ވަރުގަދަ އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ދުނިޔޭގެ ފަހުރުވެރި ތަށި ކާމިޔާބުކޮށްފިއެވެ.

މިރޭ ކުޅުނު ފޯރިގަދަ މި މެޗު ސްޕެއިނުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގައި ސްޕެއިނަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭޒްއެވެ. މިއީ މެޗުގެ 106 ވަނަ މިނެޓުގައި ނިކޯ ވިލިއަމްސް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މުޅި މެޗަށް ބަލާއިރު، ސްޕެއިނުން ވަނީ މެޗު އެއްކޮށް ކޮންޓްރޯލްކޮށް، އާޖެންޓީނާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ސްޕެއިނުން 17 ހަމަލާ އާޖެންޓީނާގެ ގޯލަށް އަމާޒުކުރިއިރު، އާޖެންޓީނާއަށް ސްޕެއިނުގެ ގޯލަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.. އަދި މެޗުގެ 66 އިންސައްތަ ބޯޅަ ކޮންޓްރޯލް ކުރީވެސް ސްޕެއިނުންނެވެ.

މެޗުގެ ތެރެއިން އާޖެންޓީނާގެ ކުޅުންތެރިންނަށް ވަނީ ގިނަ ރީނދޫ ކާޑުތަކެއްވެސް ކުރިމަތިވެފައެވެ. އެގޮތުން ލިސަންޑްރޯ މާޓިނޭޒް، އެންޒޯ ފެނާންޑޭޒް، ކްރިސްޓިއަން ރޮމޭރޯއަށް އަދި ކޯޗު ސްކޮލާނީ އަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. ދެ ރީދޫ ކާޑާއެކު އެންޒޯ ފެނާންޑޭސް އަށް ވަނީ ރަތްކާޑު ދައްކާފައެވެ. އަދި ފަހު މިނެޓުގައި ޕަރޭޑެސް އަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ.

މި ކާމިޔާބީއާއެކު ސްޕެއިން މިވަނީ 2010 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް، އަދި އެ ގައުމުގެ ތާރީޚުގައި ދެވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!