ކުޑަކުދިންތަކެއްގެ މެދުގައި މާރާމާރީއެއް، އެއް ކުއްޖަކު ހައްޔަރު
ދެންމެ | 20 ޖުލައި 2026

ހުޅުމާލެ ފޭސް ދޭއްގެ ރޭ ހިންގި މާރާމާރީއަކާ ގުޅިގެން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޕާކު ސަރަހައްދުގައި ހިނގގި ރިޕޯޓް ލިބުނީ 20:40 އެހައިކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ މި މާރާމާރީ ހިނގާފައިވަނީ ދެ ގްރޫޕެއްގެ މެދުގައިކަމަށެވެ. އަދި މާރާމާރީ އަމަލީގޮތުން ބައިވެރިވީ 16 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން އެއް ކުއްޖަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި މާރާމާރީގައި އެއްވެސް ކުއްޖަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް މި މާރާމާރީ ހިނގަން މެދުވެރރި ސަބަބެއް ފުލުހުން ހާމައއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!