ބާލިޣުވެފައިވާ މިނިވަން ދިވެހިންނަށް ގުނަވަން ހަދިޔާ ކުރެވޭ ބިލް ތަސްދީގު ކުރައްވައިފި
ދެންމެ | 23 ޖުލައި 2026

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީޤު ކުރައްވައިފިއެވެ.

މި ސަރުކާރުން މަޖިލިހަށް ހުށައެޅި ބިލް، ބިލް ހުށައެޅިތާ ހަފްތާއެއްގެ ތެރޭގައި ފާސްކޮށް ތަސްދީގުކުރުމަށް ރައީސަށް މޭމަހުގެ 14 ފޮނުވިއެވެ. އެހެންނަމަވެސް އެ ބިލުގައި ގައިދީންނަށް ގގުނަވަން ހަދިޔާ ކުރެވޭގޮތަށް އޮތުމުން އަލުން އެ ބިލާއި މެދު ވިސްނެވުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު 31 މެއިގައި އެ ބިލު އަނބުރާ މަޖިލިހަށް ފޮނުވާލެއްވިއެވެ.

އެކަމާ މެދު އަލުން މަޝްވަރާކޮށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ގުނަވަން ހަދިޔާ ކުރާ މީހުންގެ ޝަރުތުގެ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމުގައި ނުވުމާއި، ކުށުގެ ތުހުމަތެއްގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން ވަނީ އިތުރުކޮށްފައެވެ.

އެއާއިއެކު ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ކޮމިޓީން ބިލަށް ގެނައި އިސްލާހުތަކަށް އެއްވެސް ބަދަލެއް ނުގެނެސް މިމަހުގެ 14 ވަނަދުވަހު މަޖިލިހުން ބިލް ފާސްކުރީ 58 މެންބަރުންގެ ވޯޓާ އެކުއެވެ.

މި ބިލް މިއަދު ރައީސް ތަސްދީގު ކުރެއްވުމުން މިއަދުން ފެށިގެން ހަ މަސްދުވަސް ފަހުންނެވެ.

މި ބިލަކީ ރާއްޖޭގައި ރައްކާތެރިކަމާއެކު އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓް ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑެކެވެ. މި ބިލުގެ ދަށުން ހުއްދަ ދެވެނީ ހަމައެކަނި ދިވެހި ބާލިޣުވެފައިވާ މީހުން އަމިއްލަ އިހުތިޔާރުގައި ހަދިޔާކުރާ ގުނަވަންތައް ބޭނުންކުރުމަށެވެ.

މީގެ އިތުރުން، ގުނަވަން ވިއްކުމާއި ގަތުމަކީ އަދި ރުހުމަކާ ނުލައި ގުނަވަން ނެގުމަކީ ބޮޑު ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ލައިސަންސް ނެތި ހިދުމަތް ދިނުމާއި އޮޅުވާލައިގެން މައުލޫމާތު ދޭ ފަރާތްތަކަށް ހަރުކަށި އަދަބު(ޖަލު އަދަބު) ދިނުމަށް ވެސް މި ބިލުގައި ބަޔާންކޮށްފައި ވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!