މަގުމަތިން ހޮވައިގެންނާއި އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ގިނަ ތަކެއްޗެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތީގެ ތެރޭގައި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ފާސްކުރި މީހުންގެ އަތުން ފެނިފައިވާ ބައެއް މުދާވެސް ހިމެނެއެވެ. މި ތަކެއްޗާ ހަވާލުވުމަށް، ކާކުކަން އަންގައިދޭ ލިޔުމަކާއެކު ކަނޑައެޅިފައިވާ ޕޮލިސް ސްޓޭޝަންތަކަށް ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.
މާފަންނު ޕޮލިސް ސްޓޭޝަނުން ހަވާލުކުރާ ތަކެތި:
– 12 ޖުލައިގައި ބޮޑުތަކުރުފާނުމަގު، ކަސްޓަމްސް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވި މީހެއްގެ އަތުން އަތުލައިގަތް ވެކިއުމް ކްލީނަރެއް (އިންސިޑެންޓް ނަންބަރު: 694066).
– 15 ޖުލައިގައި ކަނބާއައިސާރަނި ހިނގުމުން ހޮވައިގެން ގެނެސްފައިވާ ކުޑަކުދިން ދުއްވާ ސައިކަލެއް (އިންސިޑެންޓް ނަންބަރު: 694479).
– 17 ޖުލައިގައި ޖަވާހިރުމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވި މީހެއްގެ އަތުން އަތުލައިގަތް ކޮންސްޓްރަކްޝަން ބިޑިތަކެއް (އިންސިޑެންޓް ނަންބަރު: 694678).
– 20 ޖުލައިގައި ފަރީދީމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވި މީހެއްގެ އަތުން އަތުލައިގަތް 2 ފްލަޑްލައިޓް (އިންސިޑެންޓް ނަންބަރު: 695195).
މި ތަކެތީގެ ވެރިފަރާތްތަކުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރު ވިދާޅުވުމަށް ފަހު، މާފަންނު ޕޮލިސް ސްޓޭޝަނަށް ވަޑައިގެން ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަނުން ހަވާލުކުރާ ތަކެތި:
– 10 ޖުލައިގައި އިސްކަންދަރުމަގުން ހޮވައިގެން ގެނެސްފައިވާ ކަރަންޓު ނަރު ގޯންޏެއް (އިންސިޑެންޓް ނަންބަރު: 693804).
– 12 ޖުލައިގައި ސައްޔިދުކިލެގެފާނުމަގު، ރެޑްވޭވް ކައިރިން ހޮވައިގެން ގެނެސްފައިވާ ޒިއޯމީ ބްރޭންޑުގެ ސްމާޓް އެއަރ ޕިއުރިފަޔަރ 4 ޕްރޯ ފިލްޓަރެއް (އިންސިޑެންޓް ނަންބަރު: 694046).
– 14 ޖުލައިގައި ބޮޑުތަކުރުފާނުމަގު، ދުވާޓްރެކް ކައިރިން ހޮވައިގެން ގެނެސްފައިވާ 1000 ރުފިޔާ (އިންސިޑެންޓް ނަންބަރު: 694440).
– 15 ޖުލައިގައި ބޮޑުރަސްގެފާނުމަގު، ފަރިވާ ފިހާރަ ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ލެޕްޓޮޕެއް (އިންސިޑެންޓް ނަންބަރު: 694587).
މި ތަކެތީގެ ވެރިފަރާތްތަކުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރު ހިއްސާކުރެއްވުމަށް ފަހު، ގަލޮޅު ޕޮލިސް ސްޓޭޝަނަށް ވަޑައިގެން ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އަންގަވާފައެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަނުން ހަވާލުކުރާ ތަކެތި:
– 8 ޖުލައިގައި އަލިކިލެގެފާނުމަގުން ހޮވައިގެން ގެނެސްފައިވާ 4000 ރުފިޔާ (އިންސިޑެންޓް ނަންބަރު: 693603).
– 9 ޖުލައިގައި މަޖީދީމަގު، ހެންވޭރު ދަނޑު ކައިރިން ހޮވައިގެން ގެނެސްފައިވާ 2000 ރުފިޔާ (އިންސިޑެންޓް ނަންބަރު: 693626).
މި ފައިސާގެ ވެރިފަރާތްތަކުން 9660183އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާ އެކު މައުލޫމާތު ދެއްވުމަށް ފަހު، ހެންވޭރު ޕޮލިސް ސްޓޭޝަނަށް ވަޑައިގެން ފައިސާއާ ހަވާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.



