ކުރީގެ އަނބިމީހަށް ބަނދެދިން ދޯނީގެ ބަދަލަށް 8 މިލިޔަން ހޯދަން ދައުވާ ކޮށްފި
ދެންމެ | 01 އޯގަސްޓް 2026

ކައިވެނީގެ ދުވަސްވަރު އަނބިމީހާއަށް ބަނދެދިން ދޯންޏަކުން ހިއްސާ ހޯދުމަށް ނުވަތަ އެ ދޯނީގެ އަގަށްވާ ފައިސާ ހޯދުމަށް ކުރީގެ ފިރިމީހާގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.

މާލެއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިއެއްގެ މެދުގައި އުފެދުނު މި މައްސަލައިގައި، ފިރިމީހާ ކޯޓުގައި އެދިފައިވަނީ ކައިވެނިމަތީގައި އޭނާ އަނބިމީހާއަށް ބަނދެދިން ދޯނީގެ 50 އިންސައްތަ މިލްކުވެރިކަން އޭނާއަށް ކަނޑައަޅައިދިނުމަށެވެ.

އަދި އެ ހިއްސާ ނުލިބޭނަމަ، ދޯނީގެ ބަދަލެއްގެ ގޮތުގައި ކުރީގެ އަނބިމީހާގެ އަތުން 8 މިލިއަން ރުފިޔާ ނަގައިދިނުމަށްވެސް އޭނާ ވަނީ އެދިފަ އެވެ.

ނަމަވެސް، މި މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ މައްސަލައާ ގުޅޭގޮތުން ކޯޓުން ހުށަހެޅުމަށް އެންގި ލިޔެކިޔުންތައް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފިރިހެން މީހާގެ ފަރާތުން ހުށަހަޅާފައިނުވާތީއެވެ. އެ ލިޔެކިޔުންތައް މުއްދަތުގައި ހުށަނޭޅުނު ސަބަބެއް ސާފެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!