އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19ގައި ބާއްވަން ނިންމައިފި
ދެންމެ | 03 އޯގަސްޓް 2026

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވާން ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

ސެޕްޓެމްބަރު މަހުގެ 19 ގައި ކޮންގެރެސް ބާއްވަން މިރޭގެ ގައުމީ މަޖިލިހަށް ހުށައެޅި އެޕާޓީގެ ޗެއާޕާސަންް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ނަޝީދުގެ ހުށައެޅުން ފާސްވީ މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 63 މެމްބަރުންގެ ތެރެއިން 52 މެމްބަރުންގެ ވޯޓުންނެވެ.

އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް އެމްޑީޕީގެ ކޮންގްރެސް ބާއްވާފައެއް ނުވެއެވެ.

އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި ބާއްވާއިރު ވެރިކަންކުރާ ޕީއެންސީވެސް އެޕާޓީގެ ކޮންގެރެސް އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!