ކޮންގެރެސް ގައި އަތް އުފުލައިގެން ވޯތް ދިނުމަކީ އަސާސީ ގަވައިދުގައި ކުރުންސުރެ އޮންނަ ގޮތްކަމަށާއި އެެހެންކަމުން ކޮންގެރެސްގައި ވޯޓްލުން ކުރިޔަށްދާނީ އެގޮތަށްކަމަށް ވެރިކަންކުރާ ޕީއެންސީ ބުނެފި އެވެ.
އެޕާޓީން މިހެން ބުނެފައިމިވަނީ ކޮންގްރެސްގައި އަތް އުފުލައިގެން ވޯޓުލާން އެ ޕާޓީގެ ވަކި ކޮމިޓީއަކުން ފާސްކޮށްފައިވާ ކަމަށް ބުނެ އެ އަޑުތައް ފެރުރުމުން އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
ޕީއެންސީ ނެރުނު ބަޔާނުގައި ވަނީ އަސާސީ ގަވައިދުގައި ކޮންގްރެސްގައި ވޯޓްލާން ވީ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮންގްރެސްގައި ނައިބު ރައީސުންނާއި ކޮންގްރެސް އަށް މެމްބަރުން އިންތިހާބު ކުރުމަށް ހާމަ ވޯޓު ނެގުމަކީ އަސާސީ ގަވާއިދާ ހިލާފު ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އަދި އެ ގޮތަށް ނިންމީ ކޮންގްރެސްގެ ކަންކަން ވިލަރެސްކުރާ ކޮމިޓީން ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ޕީއެންސީން ނެރުނު ބަޔާނުގައިވެއެވެ.
“ ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޕާޓީގެ މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ މެމްބަރުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް ނެގޭނީ ހާމަވޯޓެއް ކަމަށެވެ،“ ޕީއެންސީގެ ބަޔާނުގައި ވެ އެވެ.
ޕީއެންސީން ބުނީ މަތީ މަޖިލީހުގައި ވޯޓު ނެގުމުގައި އަމަލު ކުރާނީ ޕާޓީގެ އަސާސީ ގަވާއިދު ބަޔާންކުރާ ގޮތަށް، މިހާތަނަށް މި ޕާޓީގެ މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައި އަމަލުކުރަމުން އައިސްފައިވާ ގޮތަށްކަމަށެވެ.



