ރައީސާ ބައްދަލުވުމުގެ ފުރުސަތު؛ އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލައިފި
ދެންމެ | 28 އޯގަސްޓް 2026

ރައްޔިތުންނަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލުކޮށް އެކި ކަންކަމުގައި އެ ރައްޔިތުންގެ ޝުއޫރުތަކާއި ހިޔާލުތައް ހިއްސާކުރުމުގެ ފުރުސަތު ދިނުމަށް ކުރިއަށްގެންދާ ”ރައްޔިތުންގެ އަޑު“ ސިލްސިލާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު ދާއިރާތަކެއްގެ ރައްޔިތުންނަށް ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވަނީ އެ ފުރުސަތު އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށެވެ. އެއީ ހުޅުވައިލީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ތުޅާދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މުލަކު ދާއިރާ އާއި ނިލަންދޫ ދާއިރާގެ އިތުރަށް ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ.

މި ދާއިރާތަކުގެ ރައްޔިތުންނަށް މި މަހުގެ 31ވާ ހޯމަދުވަހުގެ ރޭގަނޑު 12:00 އާ ހަމައަށް ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމަށް ފުރުސަތު ލިބޭ މީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ އެއް ދަރި ނޫނީ މަންމަ ނުވަތަ ބައްޕަ ބައިވެރިކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ކޮންމެ ރައްޔިތަކަށް ވެސް ރައީސާ ވާހަކަދައްކާލުމަށް ދިހަ މިނިޓުގެ ވަގުތެއް ލިބޭނެ އެވެ.

މިހާތަނަށް ދެ ފަހަރެއްގެ މަތީން މިފަދަ ބައްދަލްކުރެއްވުންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ގިނަ ބަޔަކު ވަނީ ރައީސާއި ބައްދަލުކޮށް ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށައަޅާފަ އެވެ. އެންމެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރީ ބޯހިޔާވަހިކަމުގެ މައްސަލާގަ އެވެ. ރައްޔިތުންނާއި ބައްދަލްކުރާ ކުރުންތަކުގެ މައުލޫމާތު ގެނެސްދޭން ޓީވީ ޝޯ ވެސް ހަދާ ދައްކަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!