ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ، ސްޓެލްކޯގެ ފްލެޓެއްގެ މަތިން މިއަދު ވެއްޓުނު ކުޑަ އަންހެން ކުއްޖާ މަރުވެއްޖެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ 12:43 ކަންހާއިރު އެ ކުއްޖާ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ މަރުވެފައި ކަމަށެވެ. އެއީ ދެ އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ސަރަހައްދުގައި މިހާރު އަންނަނީ ފުލުހުން ހަރަކާތްތެރިވަމުންނެވެ.
އެނގިފައިވާ ގޮތުގައި ކުއްޖާ ވެއްޓުނީ ސްޓެލްކޯ 12 ވަނަ ފްލޯގެ އެޕާޓްމަންޓަކުންނެވެ.
ގުޅުންހުރި ލިޔުންތައް



