އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ރިޝީ ސުނަކް އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުހަބާ ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރުކަން ރިޝީ ސުނަކަށް ލިބިވަޑައިގެންނެވުމާއި ގުޅިގެން ރައީސް ޞާލިޙް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޝީ ސުނަކްގެ ޒައާމަތުގައި އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި އިނގިރޭސިވިލާތަށް ހެޔޮ ބަދަލުތައް ގެންނެވުމަށް ސުނަކު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ވެގެން ދިއުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި ލިޔުންތައް