ދުނިޔޭގެ އެންމެ ބޮޑު ފްޓްބޯޅަ ފެސްޓިވަލަށް ގަތަރަށް ދުނިޔޭގެ ކަންކޮޅުތަކުން މީހުން އަރާ ފުރި ބާރުވެފައި ވަނިކޮށް މާތްވެގެންވާ އިސްލާމްދީނަށް ގޮވާލުމަށް މަސްހޫރު ދީނީ އިލްމްވެރިޔާ ޑރ. ޒާކިރު ނައިކް އެގައުމު ސަރުކާރުން ގެންގޮސްފި އެވެ.
މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަސްހޫރު ދާއީ ކުރިއަށް ދުވަސްތަކުގައި ގަތަރުގައި އިސްލާމްދީނުގެ މާތް އުސޫލުތައް މީހުންނަށް އުގަންނަވައިދިނުމުގެ މަސައްކަތް ކުރާނެ އެވެ.
ވޯލްޑްކަޕަށްޓަކައި ދީން ބަދަލު ނުކުރެވޭނެ ކަމަށް ބުނެ ހުޅަނގަށް ހޫނު ބަހުގެ ހަމަލާތަކެއް ދެމުންދާ ގަތަރަށް ހުޅަނގުގެ ފާޑު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
ސްޓޭޑިއަމްތަކުގައި ބަގުރާ ވިއްކުން މަނާ ކުރުމާއި އެއްޖިންސުން ގުޅުން މަނާކޮށްފައިވާތީ ވެސް ހުޅަނގުން ދަނީ ގަތަރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ނެވެ.
ވޯލްކަޕާއި ދިމާކޮށް ގަތަރުން ދަނީ މުޅި އިސްލާމީ އުންމަތަށް މިސާލު ދައްކާ އެގައުމުގެ މަގުތަކާއި މައިޒާންތައް ކީރިތި ރަސޫލާ ހަދީޘްފުޅުތަކުގެ ބިލްބޯޑްތަކުން ވަނީ ފުރާލައިފި އެވެ.