ރައީސް ސޯލިހްގެ ސަރުކާރުން ބޮޑުކޮށްފައިވާ ޓެކްސް ކުޑަ ކުރައްވާނެ ކަމަށް ރައީސް ނަސީދު ވައުދުވެ ވަޑައިގެންފި އެވެ.
އެމްޑީޕީ ޕްރައިމަނީ ނިންމާލުމުގެ ޖަލްސާގެ ގޮތުގައި މާލޭ އާޓިފިސަލް ބީޗްގައި ބޭއްވި ޖަލްސާގައި ނަސީދު ވަނީ ޓެކްސް ކުޑަ ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ރައީސް ނަސީދު ވިދާޅުވީ ތަކެތީގެ އަގު ހެޔޮ ކުރައްވާނެ ކަމަށާއި ދިވެހި މަސް ރޮލަށް އެކްސްޕޯޓް ކުރުން ހުއްޓުވައި ހަމައަގު މަހަށް ހޯއްދަވާނެ ކަމަށެވެ.
ރައީސް ނަސީދު ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި ދަޅުގައި ބަންދުކޮށް ހަލާކުވެގެން ދިއުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.
ގުޅުންހުރި ލިޔުންތައް