މައުމޫނުގެ ވޯޓުލުން އިޔާދަ ވެއްޖެ ކަމަށް ބުނެ ފުވައްމުލަކު އެމްޑީޕީ ރައީސް އިސްތިއުފާ ދީފި
ދެންމެ | 30 ޖެނުއަރީ 2023

އެމްޑީޕީގެ ފުވައްމުލަކު ދާއިރާގެ ރައީސް މުހައްމަދު ނިޒާމް ހަސަން މަގާމުން އިސްތިއުފާ ދީފި އެވެ.

އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ވަނީ އެކަން ޓުވިޓާގައި ހިއްސާވެސް ކުރައްވައިފަ އެވެ.

ނިޒާމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ އިސްލާހުގެ މަސައްކަތް ކުރުމުގައި ގޮންޖެހުންތައް އެބަ ހުރި ކަމަށެވެ.

އެގޮތުން އޭނާގެ އަމިއްލަ ނަފްސާއި އޭނާގެ ދަރިންގެ މުސްތަގުބަލިތާށި ކުރުމުގެ އެއްވެސް ބޭނުމެއް އޮތް ކަމެއް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެމްޑީޕީގެ ފުވައްމުލަކު ސިޓީގެ ރައީސްކަމުންނާއި ޕާޓީގެ މެމްބަރުކަމުން ވެސް ވަކިވާން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާމްއަކީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކިއުޓިވް ޑިރެކްޓަރުވެސް މެއެވެ. ނަމަވެސް އޭނާ މަސައްކަތް ކުރައްވަނީ ފުވައްމުލަކުގައި ހުންނަވައިގެން ނެވެ.

ނިޒާމް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅަކަށްވާ އިރު ނިމިގެން ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވަނީ ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވާދަކުރައްވައި ބަލިވެވަޑައިގެންފަ އެވެ.

އިންތިހާބުން ބަލިވެވަޑައިގަން ނަމަވެސް އެމަނިކުފާނު ވަނީ ރައީސް ސޯލިހުއަށް ތާއިދު ނުކުރައްވާނެ ކަމަށް ފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އަދި ނިމިގެން ދިޔަ އިންތިހާބުގައި މަކަރު ހަދާފައިވާ ކަަމަށް ވެސް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!