100 މިލިޔަން ޑޮލަރަށް ވުރެ، ބޮޑު ލޯނުގެ ސަވަރިން ގެރެންޓީއެއް ހޯދަން ގާސިމް ސަރުކާރަށް ޕްރެސަރު ކުރައްވަމުން ގެންދަވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެ އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ސަވަރިން ގެރެންޓީއެއް ހޯދުމަށް ގާސިމް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެ ބިރުދައްކަވައިގެންނެވެ.
ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ބެލެވިފައިވާ ގާސިމް މިހާރު ގެންދަވަނީ ރައީސް ސޯލިހަށް ފާޑުވިދާޅުވަމުން ނެވެ.
ގައުމުގެ އިގްތިސާދު އިންތިހާއަށް އަނޑިއަޅާލާފައިވާ މިފަދަ ދަނޑިވަޅެއްގައި މިވަރުގެ ބޮޑު ސަވަރިންގ ގެރެންޓީއެއް ސަރުކާރުން އަމިއްލަ ވިޔަފާރިވެރިޔާ މަހުޖަނު ގާސިމަށް ދިނުމަކީ ކުރެވޭނެ ކަމެެއް ނޫން ކަމަށް ބުނެ ސަރުކާރުން ދަނީ މިފަދަ ގެރެންޓީއެއް ދިނުމަށް ދެކޮޅު ހަދަމުންނެވެ.
ސަރުކާރު އޮފިޝަލަކު ވިދާޅުވީ މިފަދަ ސަވަރިންގ ގެރެންޓީއެއް މަހްޖަން ގާސިމަށް ސަރުކާރުން ދީފިނަމަ ރާއްޖެ ބަގުރޫޓު ވެދާނެ ކަމަށާއި ގާސިމް ލޯނު ނުދައްކައިފިނަމަ ލޯނުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ސަން ސިޔާމަށް ވެސް ވަނީ ސަރުކާރުން މިފަދަ ސަވަރިން ގެރެންޓީއެއް ދީފަ އެވެ. އަދި މި ލޯނު ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެ ސަރުކާރުވެސް ވަނީ ޕްރެސަރަށް މިހާރު ވެސް ވެއްޓިފަ އެވެ.