ރައީސް ސޯލިހްގެ އަމުރަށް މަގާމުން ވަކިކޮށްފައިވާ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެން އަމްރަށް އެސްޓީއޯ އާއި އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ހުރިހާ ކުންފުނިތަކުން އިންތިހާއަށް ހިފެހެއްޓުމެއް ނެތް ތައުރީފް ކޮށް ބަޔާންތައް ނެރެން ފަށައިފި އެވެ.
އެސްޓީއޯ އާއި އެސްޓީއޯގެ ކުޑަ ދަށުގައި ހިންގަމުންދާ ކުންފުނިތައް ކަމަށްވާ މިފްކޯ އެލައިޑް އިންސްއަރެސް އަދި ފިއުލް ސަޕްލައިގެ އިތުރުން އެމްއެސްއެސް އިން ވަނީ އަމްރުގެ ހިންގުންތެރި ކަމަށާއި މަސައްކަތަށް އިންތިހާއަށް ތައުރީފް ކޮށް ބަޔާންތައް ނެރެފަ އެވެ.
Our CEO & MD, Mr. Husen Amr Mohamed Rashad, has been removed from his position, effective today. The Executive Director / CFO, Mr. Mohamed Nizam, will temporarily assume his responsibilities. pic.twitter.com/JgDj1t5flb
— STO (@stoplc) March 26, 2023
އެކުންފުނިތަކުން އަމްރަށް ތައުރީފްކޮށް ނެރެފައިވާ ބަޔާންތަކުގައި އަމްރުގެ ޒައާމަތުގައި އެކުންފުނިތަކަށް ލިބިގެންދިޔަ ކުރިއެރުން ފާހަގަކޮށްފައި ވެއެވެ. އަދި އަމްރަކީ ހިންގުންތެރި ތަންދޮރު ދަންނަ ވިސަނަރީއެއް އޮންނަ ކުޅަދާނެ ވެރިއެއްކަން ފާހަގަ ކުރައްވާފައި ވެއެވެ.
https://twitter.com/mifcomv/status/1640316489277521920?t=uUULxgQfj0o98RmwVX5CFg&s=19
އެކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންގެ ހިތުގައި އަމްރަށް ހާއްސަ މަގާމެއް ދެވިފައިވާ ކަމަށާއި ދުވަހަކުވެސް އަމްރުގެ ގައުމީ ހިދުމަތް ފަޑުވެ ނުދާނެ ކަމަށް ބުނެފައި ވެއެވެ. އަދި އަބަދުވެސް އެދެނީ އަމްރަށް ކުރި އެރުމާއި ފާގަތިކަން ކަމަށާއި އިތުރު ކާމިޔާބީއަށް އެދޭ ކަމަށް ބުނެފައި ވެއެވެ.
ރައީސް ނަސީދު ވެސް ވަނީ މިދިޔަ ހަތަރު އަހަރު އަމްރު ކުރެއްވި މަސައްކަތަށް ތައުރީފް ކުރައްވާފަ އެވެ. އަދި ބައެއް ކައުންސިލްތަކާއި އާއްމުން ވެސް ދަނީ އަމްރުގެ ގައުމީ މަސައްކަތަށް ހިފެހެއްޓުމެއް ނެތް ތައުރީފް އޮއްސަމުންނެވެ.