ރާާއްޖޭގެ ސިޔާސީ މަސްރަހް ބަދަލު ވެއްޖެ އެވެ. ޖުމްހޫރީ ޕާޓީގެ ކެޑިޑޭޓް ގާސިމް އިބްރާހިމް ވެރިކަމަށް ކުރިމަތިލާނެ ކަމަށް އިއުލާން ކުރެއްވުމާއި އެކު ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި ގާސިމްގެ ވަފާތެރިން ކަމަށް ހެދިގެން ތިބި މުނާފިގުން ފަޅާ އަރައިފި އެވެ.
ގާސިމްގެ ތައްޕާހުން މަގާމްތަކުގައި ތިއްބެވި ގިނަ ބޭފުޅުން މަގާމްގެ ދަހިވެތި ކަމުގައި ގާސިމްގެ އިހްސާންތެރިކަން ބޮލާލައި ޖަހައިފި އެވެ. ގާސިމަކާއި ގާސިމެއް ދޫކޮށް ލައްޒަތަށް ދުއްވައިގެންފި އެވެ.
ގާސިމް އަމިއްލަފުޅު ވިޔަފާރީގައި މުވައްޒަފުންގެ ގޮތުގައި ގެންގުޅުނު ބައެއް ބޭފުޅުން ވެސް ލައްޒަތަށްޓަކައި ސިޔާސީ ގޮތުން ގާސިމް ދޫކޮށްލައިފި އެވެ.
ގާސިމަށް އެބޭފުޅުންގެ މަދަދެއް ބޭނުންވުމުން އެމަދަދު ފޯރުކޮށްދިނުމުގެ ބަދަލުގައި ގާސިމްގެ ތައްޕާހުން މަގާމްތަކަށް އަރާ ތިބި ގިނަ މީހުން ގާސިމަށް ލަނޑު ދިނީ އެވެ.
ޑރ. މައުސޫމާއި އެމްޑީ ސާހާއި ކޮންޓްރޯލަރ ހަނަފީ އިތުރުން މިނިސްޓަރ ސަމީރުމެން ފަދަ ބޭފުޅުން ރަގަޅަށް ވެސް ގާސިމަށް ހަރާމް ކޯރު ވެއްޖެ އެވެ.
އެެހެން ފަހަރުތަކެކޭ ހަމަ އެއް ހަމައަކުން މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާއި ސިޔާސީ ވެރިން ގާސިމް ދޫކޮށްފި އެވެ.
ގާސިމް ދޫކޮށް ރައީސް ސޯލިހްގެ ވަފާރިންގެ ބޯޑު އަޅުވައިގެން އެބޭފުޅުން ތިއްބެވި އިރު މާދަމާ ވެސް ރައީސް ސޯލިހުގެ ބާރުވެރިކަން ދޫވެގެންދާ އިރަށް މި ބައިގަނޑު ރައީސް ސޯލިހްގެ ކަރަށް ފައިން އަރާނެ ކަމާއި މެދު ސައްކެއް ނެތެވެ.