ގުރައިދޫ ދާއިރާގެ ކެމްޕޭން ފޯރިގަދަ ވެފައިވާއިރު ރޭ މާފުށީގައި ބާއްވަން އެމްޑީޕީގެ ކެނޑިޑޭޓް މަސައްކަތް ކުރި ޖަލްސާ މީހުން ހަމަނުވެގެން ފަހު ވަގުތު ކެންސަލް ކުރަން ޖެހުމުން އިބޫ ކެމްޕޭން ޓީމަށާއި ބަގުރޫޓް ފައްޔާޒަށް ބަވާލައިފި އެވެ.
ރޭ މާފުށީގައި ބޭއްވުމަށް މަސައްކަތްކުރި ޖަލްސާ ކެންސަލްކުރީ އިބޫ ޖަލްސާ މާފުއްޓަށް ދިއުމަށް ފެންވަރާ ރީތިވެ މޭކަޕް ވެސް ކުރިފަހުން ކަމަށް ހަބަރު ލިބެ އެވެ.
ކެމްޕޭންގައި ހަރަކާތްތެރިވާ ބޭފުޅުން ގޮޑި ކާމިޔާބު ވާނެ ކަމަށް ބުނެ އިބޫއަށް ހުވަފެން ދައްކަމުން ދިޔަ ނަމަވެސް ފުލުހުން އިންޓަލެންސް އިން ވަނީ ރޭގެ މާފުށީ ޖަލްސާއަށް ރައްޔިތުންގެ ތަރުހީބު ނެތް ކަމަށް ފަހު ވަގުތު އިބޫއަށް އަންގާފަ އެވެ.
އިބޫ ހޫނު ބަވާލުމެއް ބުރޫޓު ފައްޔާޒަށް އަމާޒުވެފައިވާއިރު ފައްޔާޒު ވެސް ވަނީ މިއަދު ބޮލު ރޮދިކެނޑި އެމްޑީޕީ ވަޓްސް އެޕް ގުރޫޕްގައި ވެސް ކޮސް މެސެޖެއް ފޮނުވާފަ އެވެ.
ދައުލަތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެތައް މިލިޔަނެއް ބަނޑުއަޅާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައްޔާޒު ދިގު މުއްދަތަކަށް ޖަލަށް ލާންޖެހޭ ކަމަށް ރައްޔިތުން ދެކެއެވެ.