ދެ ހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައީސް ސޯލިހް ވެރިކަމުގެ ހޮވާ ކުރެއްވީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދޭނެ ކަމުގެ އަހްދާއި އެކުގަ އެވެ.
އިބޫގެ ކެހިވެރިވެރިކަމަށް 5 އަހަރު ހަމަވުމަށް ކުޑަތަން ވެފައިވާއިރު، ދައުލަތް ވަނީ ބުގުރޫޓު ކޮށްލާފަ އެވެ. ރައްޔިތުން ވަނީ ފެ ލާ ހަފުސް އުވާލާފަ އެވެ. މިނިސްޓަރުންނާއި ސިޔާސީ ވެރިން ވަނީ ހަޒާނާ ރޮލާ ކައި ހުސްކޮށްލާފަ އެވެ. ގެއްލުމުގެ ބަދަލުގެ ނަމުގަ އެވެ. ހައްދެއް ނެތް މިންވަރަށް ކަޓު ނަގައިގެންނެވެ. އެކިއެކި ވަގު ޑީލްތައް އަޅައިގެންނެވެ.
ތެދެކެވެ. މިއަދު ރައްޔިތުން ތިބީ ރަގަޅަށް ވެސް ދެ ދޮރުން ރެވިފަ އެވެ. ޖީއެސްޓީ އާއި އެހެންވެސް ޓެކްސްތައް އިންތިހާއަށް ބޮޑުކޮށްލައިފި އެވެ. ކޮތަޅު މަދުކުރުމުގެ ނަމުގައި އެތައް މިލިޔަން ރުފިޔާއެއް ރައްޔިތުން އަތުން ޖަހައިގަތުގެ މަސައްކަތް ފަތު އަޑުކިޔާފައި ފަށައިފި އެވެ.
ރައްޔިތުންނަށް އިތުރު ތަކުލީފަކަށްވީ ޓެކްސްތައް އިންތިހާއަށް ބޮޑުކޮށްފައި ވަނިކޮށް ކޮތަޅު ފީގެ ނަމުގައި ހައްދެއްނެތް ފީއެއް ސަރުކާރުން ނަގަންފެށީމައެވެ. ކޮތަޅަކަށް 2 ރުފިޔާކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް އެއީ މުޅިން ބުހުތާން ދޮގެކެވެ. ކޮތަޅު ފީއަށް ހައްދެއް ނެތެވެ.
ކޮތަޅުގެ ނުތަވަސް ކަމުގެ ވާހަކަ ދެއްކި ނިކަމެތި ރައްޔިތަކު ބުނީ ސަރުކާރުން ރައްޔިތުން ހަނާ އަރުވާލައިފި ކަމަށާއި ސިޔާސީ މީހުން ކަޓު ނަގުމަށާއި ވައްކަން ކުރަން ރައްޔިތުން ޖަންގިޔާގަނޑު ވެސް ވިއްކާލާ ހިސާބަށްދާނެ ކަމަށެވެ.
“ ހަގީގަތުގައި ވެގެން މިއުޅޭ ގޮތަކީ ސަރުކާރުގެ ވެރިން ވައްކަން ކޮށްކޮށް ކުރަލައިފި. ރޯމާ ދުވާލު މުޅި ދައުލަތް ކައި ނަގަނީ ބޯގަންވިލާ ފައްޔާޒުމެން ފަދަ ހާއިނުން މުޅި ދައުލަތް ބަނޑު އަޅާލައިފި.“ އޭނާ އަސަރާއި އެކު ކިޔައިދިނެވެ.
ރައްޔިތުން ކެތްތެރިކަން ކޮޅުންލައި ސޯސިއަލް މީޑިޔާގައި ވަނީ ރައްޔިތުން އުދާސްތައް ބަންޑުން ކޮށްލާފަ އެވެ. މިއަދު ގިނަ ބަޔަކު އުންމީދު ކުރަމުން ދަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށެވެ. އެއީ މި ފަސްއަހަރު ރައްޔިތުންނަށް ބިކަހާލު ޖެއްސި ސިޔާސީވެރިން މަގާމުތަކުން ބޭރުކުރުމަށެވެ.