މަސްހޫރު ބަގްރޫޓް ވިޔަފާރިވެރިޔާ ފައްޔާޒުގެ އެދުމަށް ދިޔަރެސް ނޫހުން ޓްރޭނިންގ ޕްރޮގްރާމެއް ހިންގަށް ދައުވަތު ފޮނުވުމުން ބަގުރޫޓޭ ހޭދެބައިވެ ރޮދިކެނޑި ރޭރުވެގެން ދިޔަރެސް ނޫހަށް ރައްދު ދީފި އެވެ.
ދިޔަރެސް ނޫހުން ފޮނުވި ސިޓީގެ ޖަވާބުގައި ރުޅިއައުމުގެ ހިދުމަތުން ވެސް ކަޓް ނަނގާ ކަމަށް ގިނަ ބަޔަކު ބުނާ ބަގުރޫޓް ފައްޔާޒު ވަނީ އޭނާ ބޭނުންވާ ގޮތަކަށް ޓްރޭނިން ޕްރޮގްރާމް ބޭއްވުމަށް އަންގާ އަމުރު ކޮށްފަ އެވެ.
ދައުލަތު ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނަށް ވެސް އާއްމްކޮށް ތަފާތު ބާވަތްތަކުގެ ޑްރިންކްތައްދީ ރޯ އައުގުރާނަ ގޮވާ ކަމަށް މަސްހޫރު ބަގުރޫޓް ފައްޔާޒު ދިޔަރެސް ނޫހާއި ޖެހިގެންފައި މިވަނީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގެ ތެރޭގައި ރައީސް އިބޫ ވެސް އިންނަވަނި ކޮށެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަ ނަންގަވާ އަދި ގެއްލުމުގެ ބަދަލުގެ ނަމުގައި ދައުލަތުން އެތައް މިލިޔަނެއް ލޫޓްވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައްޔާޒަކީ ކުޑައިރު ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އަބަދު ރޮދިކެނޑި އަމިއްލަ ނަފްސައް ވެސް ރުޅި އައިސްފައި ހުންނަ ނަފްސާނީ މީހެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.
ދިޔަރެސް ނޫހުން ފައްޔާޒަށް ދިނުމަށް ގަސްތު ކޮށްފައިވާ ޓްރޭނިންގ ތަކަކީ ބަގުރޫޓް ނުވެ ވިޔަފާރި ކުރާނެ ގޮތާއި ޑިފޯލްޓް ނުވެ ލޯން ދައްކާނެ ގޮތާއި ރުޅި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއްގެ އިތުރުން ދުރޫސުލް އަހްލާގްގެ ޕްރޮގްރާމެކެވެ.