ޑިމޮކްރެޓިކް ޕާޓީ ރަޖިސްޓްރީ ކުރަން މާދަމާ ހުށަހަޅަނީ
ދެންމެ | 27 މެއި 2023

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް ހުއްދަދީފައިވާ ”ދަ ޑިމޮކްރެޓްސް“ ރަޖިސްޓްރީ ކުރުމަށް މާދަމާ މެންބަރުންގެ ފޯމްތަކާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އެޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް އެކަން ރަސްމީކޮސް ނިންމާނީ މިރޭ ކަމަށާއި ޕާޓީ ރެޖިސްޓްރީ ކުރަން ހުށަހަޅާނީ ރަށްރަށުން އަންނަ ފޯމްތަކާވެސް އެކު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ ޕާޓީއަށް މެންބަރުން ހޯދުމުގެ މަސައްކަތް މާލެއާ ރަށްރަށުގައި ކުރިއަށް އެބަގެންދެއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް އިލްކެޝަންސް ކޮމިޝަނުން މިމަހުގެ 24 ވަނަ ދުވަހު ވަނީ ހުއްދަ ދީފައެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީ ތެރޭގައި ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ނުތަނަވަސްކަން ބޮޑުވެ، ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރުމަށް ބޭއްވި ފްރައިމަރީގައި ”ފިކުރެއްގެ ދިރުން“ ނަމުގައި ރައީސް ނަޝީދު ފެއްޓެވި ހަރަކާތުން އުފަންވާ ޕާޓީއެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!