ޖޭޕީގެ ލީޑަރު ފިދަނަ ގާސިމް ހޭރި އާދޭސް ކުރުމުން ރައްޔިތުން ނިކުމެ ކާނިވާ ސަރަހައްދު ފުރާލައި ޖޭޕީ ރޭރުކޮށްލައި ކާމިޔާބު ކަމާއި އެކު ޖަލްސާ ނިންމާލައިފި އެވެ.
ވިއްސާރައިގެ ތެރޭގައި ވެސް ގިނަ އަދަދެއް ރައްޔިތުން ބައިވެރިވި ޖަލްސާ ނިންމާލާފައި ވަނީ ސުލުހަވެރިކަމާއި އެކުގަ އެވެ.
ޖަލްސާ ފެށެން ކުޑަތަން ވެފައި ވަނިކޮށް ގާސިމް ވަނީ ކުއްލި ހިތޯބެއް ދީފަ އެވެ. ގާސިމްގެ މި ހިތޯބުގައި އެއްވެސް ރައްޔިތަކު ކަނޑު ވިއްކާލުމާއި ދެކޮޅަށް ބާއްވާ މުޒާހަރާއަށް ނުދިއުމަށް ވަނީ ގޮވާލާފަ އެވެ.
ގާސިމް އެތައް ފަހަރެއްގެ މަތިން ކަނޑު ވިއްކުމާއި ދެކޮޅަށް ބާއްވާ މުޒާހަރާއަށް ނުދިއުމަށް އާދޭސް ކުރުމުން ވެސް ރައްޔިތުން ނިކުމެ ވަނީ ގާސިމް ރާޑި ކޮށްލާފަ އެވެ. އަދި މިކަމުން ހާމަ ވެގެންދަނީ ރައްޔިތުންގެ މެދުގައި ގާސިމް މަގުބޫލުކަމާއި ތާއީދު މިހާރު ނެތް ކަމެވެ.
ގާސިމްގެ އެދުމަށް ބީރު ކަންފަތެއްދީ ގާސިމްގެ ޖޭޕީއަށް ނިސްބަތް ވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވެސް ވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފަ އެވެ.