އަލްހާ އީދުގެ ބަންދު މިވަނީ ބޯމަތިވެފަ އެވެ. ހެސްކިޔާފަ ބޮޑު ބަންދެއް މިވަނީ ކުޑަތަންވެފަ އެވެ. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރި ކުރީނުން އެންމެން މިތިބީ ކޮސްވެފަ އެވެ. ކުރާނެ ކަމެއް ނޭނގި އަންތަރީސްވެފަ އެވެ.
މިހާރުގެ ވެރިކަމުގައިހުރި އިބޫ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ޓިކެޓްގެ އަގު ހެޔޮ ކުރާނެ ކަމަށް ބުނި ވައުދު ދިވެހިންނަށް މިވަނީ ކޮސްވާ މިންވަރަށް ފުއްދާދީފަ އެވެ. ތެދެކެވެ. ކުރިން ލާމް ކައްދުއަށް ކޮޅެއް 900 ރުފިޔާއަށް ހުރި އިރު، މިއަދު ޓިކެޓެއްގެ އަގު ވަނީ ދެގުނަ އަށްވުރެ ބޮޑުކޮށް 1500 ރުފިޔާއަށް ޖައްސާލާފަ އެވެ. ކުރިން އައްޑުއަށް 1200 ރުފިޔާއަށް ހުރި ޓިކެޓްގެ އަގު ވަނީ ބޮޑުކޮށް 1700 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އިބޫ ކޮންފަދަ ހެޔޮ ފުޅުތޯ އެވެ.
ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭގައި އަގު ހެޔޮ ކުރަން ބުނި ޓިކެޓްގެ އަގުތައް މިވަނީ ވެރިކަމުގެ ފަހު 90 ދުވަހަށް އެޅުނުއިރު ރައްޔިތުން ބިރުގަންނާނެ ފަދަ ގޮތަކަށް ބޮޑުކޮށްލާފަ އެވެ. ވެރިކަމަށް އަންނަށް ކެމްޕޭންގައި އިބޫ ބުނިހެން ސްރީލަންކާއަށް ދިއުމަށް ވުރެ އައްޑުއަށް ދިއުމުގެ އަގު ބޮޑެވެ. އެހެންނަމަވެސް އޭނާ މިއަދު ހަދާނެއް ނެތެވެ.
2018 ވަނަ އަހަރު ވެރިކަމަށް ކެމްޕޭން ކުރަމުން ދިޔަ އިރު އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑު ކަމުން އިބޫގެ ކަރުނަ ނުހިފެއްޓެވެ. ރައްޔިތުންނަށްޓަކައި ހަމަ ރޮވެނީ އެވެ. ރައްޔިތުން އެހާ އަގު ބޮޑުކޮށް ދަތުރު ކުރަމުންދާތީ އެވެ. އެހެންނަމަވެސް ވެރިކަމުގެ 5 އަހަރުގެ ދައުރެެއް ފުރިހަމަ ކުރުމަށް އެންމެ 90 ދުވަހަށް ކުޑަތަން ވެފައިވާއިރު، އިހުނަށް ވުރެ ޓިކެޓްގެ އަގު ވަނީ އެތައް ގުނައެއް ބޮޑުކޮށްލާފަ އެވެ. އޭނާގެ ލަދުހަޔާތް ކުޑަ ކަމާ އެވެ.
ވެރިކަމުގެ ލައްޒަތު އިބޫއަށް ފެނި ރައްޔިތުންނަށް ވީ ހުރިހާ ވައުދެއް އޭނާ ހަދާން ނެތިއްޖެ އެވެ. އެހެންނަމަވެސް ރައްޔިތުން މިއަދު ވެސް ޓިކެޓް ނަނގަނީ އިހުނަށް ވުރެ ވެސް އަގު ބޮޑުކޮށެވެ.
އާއެކެވެ. ވެރިކަމަށް އައުމަށް ރަައްޔިތުންގެ ވެފައިވާ މިފަދަ ވައުދުތައް އިބޫ މިއަދު ހަދާނެެއް ނެތެވެ. އަނެއްކާވެސް މޮޅެތި ވައުދުތައް ވާންފަށައިފި އެވެ. އެހެންނަމަވެސް ރައްޔިތުން ތިބީ މީގެ 5 އަހަރު ކުރިން އިބޫ ވީ ވައުދުތަކާއި އެކު ގުއި ޖަންގިޔަލުގައި ހިކިފަ އެވެ.