ހިސޯރުކުރި ހަރުގޭގައި ހުރި ޕޯޑިއަމަކާއި ބާ ދަގަނޑުތައް އެމްޑީޕީން ހުސްނުކޮށް ގެން އިމާރާތުގެ ވެރިފަރާތުން މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
އިމާރާތުން ބުނީ އެ އިމާރާތުގައި އެމްޑީޕީގެ ހަލާކުވެފައިވާ ޕޯޑިއަމްއަކާއި ބާ ދަގަނޑުތަކެއް އިތުރުން އޭނާ އެތަން ހުޅުވި ދުވަހު ހުޅުމުގެ ކުރިން ގެނައި ގޮނޑި ކޮޅެއް ހުރި ކަމަށެވެ.
އިމާރާތުގެ ވެރިޔާ ބުނީ އެތަނުގައި ހުރި ތަކެތި ހުސްކުރުމަށް އެދި އެތައް ފަހަރަކު އެމްޑީޕީއަށް ސިޓީ ފޮނުވުމުން ވެސް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އަދި ރައީސް އިބުރޭ ނިސްބަތްވާ އެމްޑީޕީން ރައްޔިތުންނާއި މެދު މިފަދަ އަގަލު ކުޑަ ލަދު ހަޔާތް ކުޑަކޮށް އަމަލް ކުރަމުންދާތީ އާއްމުން ވަނީ ކޮސްވެފަ އެވެ.
ބަގުރޫޓޭ އިސްވެ ހުރެ އެމްޑީޕީގެ މައި ހަރުގެ ހިސޯރުކޮށް މައްސަލަ ކޯޓަށް ވެސް ހުށަހެޅި އެވެ. އެހެންނަމަވެސް ކޯޓުން ނިންމާފައި ވަނީ އެމްޑީޕީގެ އެއްވެސް ހައްގެއް އެތަނުގައި ނެތް ކަމަށެވެ.