މަސްހޫރު ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު ކުރިން ހިންގި ލޯފާމް ހިންގި އިމާރާތުގެ ކުއްޔަށްވާ 3 މިލިޔަން ރުފިޔާ ނުދައްކައިގެން އިމާރާތުގެ ވެރިފަރާތުން މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
އިމާރާތުގެ ވެރިފަރާތުގެ އޮފިސަލަކު ވިދާޅުވީ ފައްޔާޒު އިސްވެހުރެ ހިންގި ލޯފާމް ބަގުރޫޓްވި އިރު އިމާރާތުގެ ކުއްޔާއި ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ފައިސާ މިއަދާއި ހަމައަށް ވެސް ދައްކާފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ މި ފައިސާ ހޯދުމަށް އެތައް ފަހަރެއްގެ މަތިން ސިޓީ ފޮނުވައި ފައިސާ ލިބޭތޯ ސުލުހަވެރި ކަމާއި އެކު މަސައްކަތް ކޮށްފައިވާ ކަމަށެވެ.
“ ކޯޓަން ދާން ނިންމީ ފައިސާ ހޯދުމަށް ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވުމުން. ވަރަށް ދުވަސް ވެއްޖެ އެމީހުން ކައިރީ ފައިސާ ހޯދަން އާދޭސް ކުރާތާ.“ އޭނާ ކިޔައިދިނެވެ.
މާލޭ ޗާންދަނީ މަގުގައި ހުންނަ އިމާރާތުގެ ވެރިފަރާތުން ކޯޓަށް ދާން ނިންމާފައިވާއިރު އެ ލޯފާމް ބަގުރޫޓްވިތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.
ފައްޔާޒަކީ މައުމޫން ވެރިކަމުން ފެށިގެން އެކިއެކި ވިޔަފާރި ކުރެވޭތޯ އުޅޭ ސޮހޮލެކެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް ބަގުރޫޓް ނުވެ އޭނާއަށް އެއްވެސް ވިޔަފާރިއެއް ކުރެވިފައެއް ނުވެ އެވެ.
އިބްރޭ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ކަމުގައި ހުރެގެން ގައުމުގެ އިގްތިސާދު ބަގުރޫޓް ކޮށްލާފައި ވާއިރު އެމްޑީޕީ ޗެއަރޕާސަން ކަމާއި ހަވާލުވެ އެޕާޓީ ވެސް ބަގުރޫޓް ކޮށްލުމާއި ދިމާއަށް މިސްރާބު ހިފާފަ އެވެ. މިހެންވުން ބައެއް ފަރާތްތަކުން މި ސޮރަށް ބުގްރޫޓޭ އޭ ވެސް ކިޔަ އެވެ.