ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެށިފައިވާއިރު ރައީސް އިބްރޭގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި ދެފުޅި ސިޔާމާއި އީސީ ސަރީފްގެ އިތުރުން ޗެއަރމަން ޖާބިރު ހިމެނިއްޖެ އެވެ.
ރައީސް އިބުރޭ ކެމްޕޭން ދަތުރުތައް ފަށާފައިވާއިރު ޖާބިރު ގެންދަވަނީ އިބުރޭ އާއި އެކު ރަށްރަށަށް ދަތުރުކޮށް ރިސްވަތުގެ ހުތުރު ޑޮލަރު ބަހައި އިބުރޭ ވެރިކަމަށް ގެނެސް ކާށިދޫ ރައްޔިތުން ޖެއްސި ގުއި ރޯނުގައި ދިވެހިން ޖައްސާނެ ކަމަށް ބުނެ އިންޒާރު ދެމުންނެވެ.
ރައީސް ޔާމީނާއި އެކު މުޅި ހަޔާތް ހޭދަ ކޮށްފައިވާ ދެފުޅި ސިޔާމް ވެސް ގެންދަވަނީ ޔާމީނަށް ހަރާން ކޯރުވެ ރައީސް އިބްރޭ އާއި އެކު ރަށްރަށަށް ގޮސް ފޮނި ބައިސާ ކަނޑައި ރައްޔިތުން ގުބޯ ހެއްދޭތޯ މަސައްކަތް ކުރަމުން ނެވެ.
މަސްހޫރު އީސީ ސަރީފްގެ ވާހަކަ ރައްޔިތުންނަށް ބުނެ ނުދިން ނަމަވެސް 2018 ވަނަ ރިޔާސީ އިންތިހާބު އިބުރޭއަށް ކާމިޔާބު ކުރުމުގައި ޔާމީން އަރިހްގައި ހުރެގެން ޔާމީނަށް ދޯކާ ދިން މީހާކަން އެންމެން ދަނެ އެވެ.
އެމްޑީޕީގެ ނަމުގައި އެމްޑީޕީ އަދުއްވުން އުގަށް ލައިގެން އިބުރޭ ކުރަމުންދާ ކެމްޕޭންގެ ހިތި ފެނިގެންދާނެ ކަމަށް މުހައްލިލުން ބުނެ އެވެ.