ކުޅުދުއްފުށީގައި ކައުންސިލަރުންނާއި މޭޔަރުގެ އިތުރުން މެމްބަރު ވިކިއްޖެ ކަމަށް ބުނެ މާލި ހަދައިފި އެވެ.
ކުޅުދުއްފުށީގައި ދަނޑިން ހަދާފައިވާ މާލިތަކުގެ ކަރުގައި ވަނީ މެމްބަރާއި މޭޔަރުގެ އިތުރުން ކައުންސިލަރުން ވިކުނު ކަމަށް ބުނާ އަގުތައް ވެސް ހިމަނާފަ އެވެ.
ކުޅުދުއްފުށީ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މެމްބަރާއި ކައުންސިލަރުން ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއަށް ބަދަލުވީ ގިނަ އަދަދެއްގެ ފައިސާ އާއި ފަޅެއް ދިނުމުގެ ޑީލެއްގެ ދަށުންނެވެ.
މޭޔަރުގެ އިތުރުން ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ކުޅުދުއްފުށީގެ ހުރިހާ ކައުންސިލަރުން ވެސް ރޭ ވަނީ އަލުން އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ވެސް ހުންނެވީ އެމްޑީޕީގައެވެ. އޭނާ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައެއްނުވެއެވެ
ގުޅުންހުރި ލިޔުންތައް