އެއްޖިންސުން ގުޅުން ހިންގާތީ، އަލްޖީރިއާގައި ”ބާބީ“ ދެއްކުން މަނާކޮށްފި
ދެންމެ | 18 އޯގަސްޓް 2023

އަލްޖީރިއާގައި އިނގިރޭސި ފިލްމު ”ބާބީ“ ދެއްކުން މަނާކޮށްފިއެވެ.

އިނގިރޭސި ފިލްމު ”ބާބީ“ ދެއްކުން މަނާކުރިކަން އަލްޖީރިއާގެ ރަސްމީ ފަރާތްތަކާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މިފިލްމު ދެއްކުން މަނާކޮށްފައިވަނީ އަލްޖީރިއާގެ ބައެއް ސިނަމާތަކުގައި މިފިލްމު ދައްކާތާ ހަފްތާއެއްހާ ދުވަސް ވެފައިވަނިކޮށެވެ.

ރަސްމީ ފަރާތްތަކުން ފާހަގަކޮށްފައިވާގޮތުން މި ފިލްމު އަލްޖީރިއާގައި ދެއްކުން މަނާކޮށްފައިވަނީ އެފިލްމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ހުޅަނގުން ގަބޫލު ކުރާ އެކި ގުޅުންތައް ހިންގަން ޕްރޮމޯޓް ކުރާތީއެވެ. އަދި މި ފިލްމަކީ އަލްޖީރިއާގެ ދީނީ އަދި ސަގާފީ ގަބޫލުކުރުންތަކާ ހިލާފު ކަންކަން ޕްރޮމޯޓު ކުރާ ފިލްމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

އަލްޖީރިއާގެ އިތުރުން ލުބުނާނާއި ކުވައިތުން ވެސް މި ފިލްމު ދެއްކުން މަނާކޮށްފައިވެއެވެ. ނަމަވެސް ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި މިސްރުގައި ވެސް މި ފިލްމު ދައްކަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބާބީ އާއި ކެންގެ ރޯލުން މާގޮޓް ރޮބީ އާއި ރަޔަން ގޮސްލިންގް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގައި ދައްކުވައިދެނީ ބުދުތަކުގެ ދުނިޔެ ދޫކޮށް ޙަޤީޤީ ދުނިޔޭގައި ބާބީ އަދި ކެންގެ ދައުރެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ ޖުލައި 21 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް ބޮކްސް އޮފީހުން އެއް ބިލިއަން ޑޮލަރަށްވުރެއް މަތިން ފައިދާ ހޯދާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!