ބުންވަރު ޖައްސާލާ ހަށި ތާޒާކޮށްލުމަށް “ފެސަންފުރުޓް ބުލު“
ދެންމެ | 21 އޯގަސްޓް 2023

އެކި ބާވަތުގެ މޮހީޓޯ މިއީ ހޫނު ގަދަ ދުވަސް ދުވަހު ބޯލަން މީރު އަދި ހަށިގަނޑަށް ފިނި ކަމާއި ތާޒާކަން ގެނުވައިދޭ ބުއިމެކެވެ.

އަހަރުމެންގެ މި ޕެޝަން ފްރުޓް މޮހީޓޯގައި ބޭނުން ކުރީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ އައިލަންޑް ބެވެރެޖަސް މޯލްޑިވްސްގެ ފަރާތުން އަހަރުމެންނަށް ލިބުނު ލެޖެންޑަރީ އުލުޑަގް ފްރުޓް ފްލޭވަރޑް ކާބޮނޭޓަޑް ޑްރިންކްއެވެ. ތުރުކީގެ މި ބުއިމުގައި މީރު މޭވާ ރަހައަކާއި ކުޑަ ފޮނިކަމެއް ހުރެއެވެ. އަދި އަހަރުމެންގެ ޕެޝަން ފްރުޓް މޮހީޓޯއަށް އެ ބުއިމުން މީރު ތާޒާ ކަމެއް ގެނަސްދިނުމުގެ އިތުރުން ޕެޝަން ފްރުޓާއި، ލުނބޯ އަދި ކުދީނާ ފަތުގެ ރަހަތަށް ނިކަން މީރުކޮށް އެއްކޮށްލަދިނެވެ.

 

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 2 މީހުންނަށް ވާވަރަށެވެ.

 

ބޭނުންވާ ތަކެތި:

14 ލެޖެންޑަރީ އުލުޑަގް ފްރުޓް ފްލޭވަރޑް ކާބޮނޭޓަޑް ޑްރިންކް އިން ހަދާފައިވާ އައިސް ކިޔުބް (1 ފުޅި)

6 ތުނިކޮށް ކޮށާފައިހުރި ލުނބޯ ފޮތި

6 ކުދީނާ ފަތް

4 ސައިސަމުސާ ހަކުރު (ނޫނީ ބޭނުން ވަރަކަށް)

1 ޕެޝަން ފްރުޓް

2 ލެޖެންޑަރީ އުލުޑަގް ފްރުޓް ފްލޭވަރޑް ކާބޮނޭޓަޑް ޑްރިންކް ފުޅި

ހަދާނެ ގޮތް:

1. ލެޖެންޑަރީ އުލުޑަގް ފްރުޓް ފްލޭވަރޑް ކާބޮނޭޓަޑް ޑްރިންކްއިން އައިސް ކިޔުބް ހަދާށެވެ.

2. ލުނބޯ ތުނިކޮށް ފޮތިކުރާށެވެ.

3. ދިގު ދެ ބޯތަށި ނަގާފައި އެއިން ކޮންމެ ތަށްޓެއްގެ ތެރެއަށް 3 ކުދީނާ ފަތާއި، 1 ލުނބޯ ފޮއްޗާއި، 2 ސައިސަމުސަލުގެ ހަކުރު އަޅާފައި ސަމުސަލެއް ނޫނީ އެކަހަލަ އެހެން އެއްޗެއް ބޭނުން ކޮށްގެން ޗަސްކޮށްލާށެވެ. ޗަސްކުރާނީ ލުނބޯ ފޮތިން ހުތް ނިކުމެ ކުދީނާފަތުގެ ވަސްދުވާ ވަރުވަންދެނެވެ.

4. ޕެޝަން ފްރުޓް މެދުން ފަޅާލާފައި އެތެރޭގައި ހުރި ސާމާނު ދެ ތަށްޓަށް އެއްވަރަކަށް އަޅާށެވެ. ދެން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

5. ދެން ކޮންމެ ތަށްޓެއްގެ ތެރެއަށް 7 ލެޖެންޑަރީ އުލުޑަގް ފްރުޓް ފްލޭވަރޑް ކާބޮނޭޓަޑް ޑްރިންކް އިން ހަދާފައިވާ އައިސް ކިޔުބް

އަޅާށެވެ. 1 ފޮތި ލުނބޮއާއި އެކު 1 ފުޅި ލެޖެންޑަރީ އުލުޑަގް ފްރުޓް ފްލޭވަރޑް ކާބޮނޭޓަޑް ޑްރިންކްވެސް ކޮންމެ ތަށްޓަކަށް އަޅާށެވެ.

6. ލުނބޯ ފޮއްޗަކާއި އިތުރު ކުދީނާ ފަތްކޮޅެއް ބޭނުން ކޮށްގެން ކޮންމެ ތަށްޓެއް ރީތި ކޮށްލެވިދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!