ތަރުކާރީއަކީ ސިއްހަތަށް ފައިދާހުރި ގިނަ މާއްދާތައް އެކުލެވޭ އެއްޗެވެ. އާންމުގޮތެއްގައި ގިނަ ކެއުންތަކުގައި އެބާވަތެއް ބޭނުންނުކޮށް ކާއެއްޗެހީގެ ރަހަ ހެޔޮވަރު ނުކުރެވޭ އެކައްޗަކީ ފިޔާ އެވެ.
ހަށިގަނޑަށް ފައިދާހުރި އެތައްމާއްދާތަކެއް އެކުލެވޭ ފިޔާގެ 100 ގްރާމްގައި 40 ކެލޮރީސް، 89 އިންސައްތަ ފެން، 1.1 ގްރާމް ޕްރޮޓީން، 9.3 ގްރާމް ކާބްސް، 4.2 ގްރާމް ހަކުރު، 1.7 ގްރާމް ފައިބަރ އަދި 0.1 ގްރާމް ފެޓް ހިމެނެއެވެ.
ތަފާތު ކުލަތަކުގެ އެކި ސައިޒުގެ ފިޔާ ހުންނައިރު، ތިރީގައި މިވަނީ ފިޔާއިން ލިބޭ ބައެއް ފައިދާތަކެވެ.
ސައިނަސް މައްސަލަތަކަށް ހައްލު
ނޭފަތުން ލޭއައުމާއި ސައިނަސްގެ މައްސަލަތައް ހުންނަ މީހުންނަށް ދިމާވާ މައްސަލަތަކަށް ހައްލެއްގެގޮތުން ފިޔައެއް ފަޅާލުމަށްފަހު ނޭފަތްކައިރީގައި ޖައްސާ އެތެރެއަށް ނޭވާލުމުން އޭގައި ހިމެނޭ ވިޓަމިންސީ އާއި ބަޔޯފްލެވޮނައިޑްސް ކިޔާ މާއްދާއެއްގެ އެހީގައި ދިމާވާމައްސަލަތައް ލުއިވެގެންދެއެވެ. އަދި ނޭފަތް ބެދިފައިހުންނަ ހުރުން ހައްލުކޮށްދީ ނޭވާލާން ފަސޭހަކޮށްދެއެވެ.
ބައެއް ވައްތަރުގެ ފިޔާއިން ލޮލަށް އުނދަގޫވާއިރު މިކަމަށް ހައްލެއްގެ ގޮތުން ފިޔާ ކުދިކޮށް ކޮށާލުމަށްފަހު ފަސްމިނިޓް ވަންދެން ފެނުގައި ހޫނުކޮށްލާށެވެ. ހޫނުކޮށް ހުންނައިރު އެފެންފޮދު ބޯލެވިދާނެއެވެ. ނޫނީ އެ ފެނުގެ ވަސް ބަލާލުމުން ވެސް ނޭވާލާ ނިޒާމަށް ފަސޭހަތަކެއް ލިބޭނެއެވެ.
ދަތް ފަނިކެއުމުގެ މައްސަލަތަކަށް ހައްލު ލިބޭ
ފިޔާ އަކީ ހަށިގަނޑުގެ ގިނަ ބަލިތަކަކުން ރައްކާތެރިކުރުމަށް ވަރަށްބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ރޯފިޔާ ހަފާލައިގެން ކެއުމުން ދަތްތައް ވަރުގަދަވެ އަނގައިގައި އުފެދޭ ބެކްޓީރިއާތައް ނައްތާލާ އަނގަތެރެ ސާފުކޮށްދެއެވެ. އަދި ބަލަންވާނީ 2 ނުވަތަ 3 މިނެޓް ވަންދެން ފިޔާ އަނގަތެރޭގައި ބަހައްޓައިގެން ހަފާލެވޭތޯއެވެ.
ރޯގާ އަދި ހުން އައުމުން
ސިއްހީ މާހިރެއްކަމަށްވާ ލޫކްކާޓިންހޯ ވިދާޅުވާގޮތުން ފިޔާ ކުދިކޮށް ކޮށާލުމަށްފަހު ފެންއެއްޗެއްގެ ތެރޭގައި 6-8 ގަޑިއިރު ވަންދެން ބެހެއްޓުމަށްފަހު ދުވާލަކު 3 އިރު 3-4 މޭޒުމަތީ ސަމުސާ ފެން ބޭނުންކުރުމުން ރޯގާޖެހި ކެއްސާ ހުންއައުން އަދި ކަރުތެރެ ދުޅަވުމަށް ހައްލު ލިބޭނެއެވެ.
އަދި ފިޔާ އަކީ އިންސާނާގެ ހަށިގަނޑަށް ތާޒާކަން ގެނެސްދީ ހަންގަނޑު ރީތިކޮށްދީ އިސްތަށިގަނޑު ރީތިކުރުމަށްވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. މީގެއިތުރުން ވެސް ފިޔާއަކީ ވަރަށްގިނަ ފައިދާތަކެއް ލިބިދޭ ކެއުމުގައި ކޮންމެހެން ބޭނުންކުރުން ރަނގަޅު ތަރުކާރީއެކެވެ.
[…] އިތުރަށް ވިދާޅުވޭ […]