ކަރަންފުލުން ހިތާއި މެޔަށް ޒަލްޒަލާއެއް ނާންނާނެ!
ދެންމެ | 30 އޯގަސްޓް 2023

ކަރަންފުލަކީ ދިވެހިންނަށް އައު އެއްޗެއް ނޫނެވެ. ހާއްސަކޮށް ދިވެހިންގެ ދުފުންގަނޑުތަކުގައި ބޭނުން ކުރާ ވަރަށް އާއްމު އެއްޗެކެވެ. ބައެއްކަހަލަ ކާއެއްޗެހި ތައްޔާރު ކުރާއިރުގައިވެސް ކަރަންފޫ ބޭނުން ކުރެއެވެ. އަސްލަކީ ކާ ކޮންމެ އެއްޗެއް ތައްޔާރު ކުރި ނަމަވެސް ކަރަންފޫ ބޭނުން ކުރުމުގައި އެތައް ފައިދާތަކެއް ވާކަމެވެ. ދުފުމުގައިވެސް ކަރަންފޫ ބޭނުންކުރާނަމަ، ދުފުންގަނޑު ”ނިއުޓްރަލައިޒް“ ކޮށްދޭކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ.

ކަރަންފުލުން ލިބޭ މައިގަނޑު އެއް މާއްދާ އަކީ އެންޓިއޮކްސިޑަންޓްސް އެވެ. ކަރަންފުލުގައި އެންޓިއޮކްސިޑަންޓްސް ވަރަށް ގިނަ އަދަދަކަށް ހުރެއެވެ. އެގޮތުން އިއުގަނޯލް ނަމަކަށް ކިޔާ އެންޓި އޮކްސިޑަންޓަކީ ކަރަންފުލުގައި އެއްމެ ގިނަ އެއް އެންޓިއޮކްސިޑަންޓެވެ.

އެންޓިއޮކްސިޑަންޓަކީ އޭގެ ސަބަބުން ހަށިގަނޑަށް އެތައް ފައިދާކުރުވާ އެއްޗެކެވެ. އެގޮތުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލާ ބޭރުކޮށްދޭން އެންޓިއޮކްސިޑަންޓަސް އެހީތެރިވެދެއެވެ. މިގޮތަށް އިއުގަނޯލްގެ ދައުރަކީވެސް ބޮޑު ދައުރެކެވެ. އެހެންކަމުން ކަރަންފޫ ވެފައިވަނީ ލޭގައި ހުންނަ ވިހަކަން ކަނޑުވައިދީ އެ ވިހަ ބޭރުކޮށްދޭން އެހީތެރިވެދޭ ވަރަށް މުހިއްމު މާއްދާއަކަށެވެ.

މިކަމުގެ ނަތީޖާ އަކީ ހަށިގަނޑުން ވިހަ ސާފުކޮށްދޭ ފުރަމެއަށް ލުއިލިބުމެވެ. ފުރަމޭގެ ދުޅަހެޔޮކަން އިތުރުވެގެން ދިއުމެވެ. އަދި ދިގުމުއްދަތުން ޖެހޭ، ދިގުދެމިގެންދާ ”ކްރޮނިކް“ ބަލިތަކުން އިންސާނާ ދުރުކޮށްދިނުމަށް އެހީތެރިވެދެެެވެ.

ކަރަންފުލުގައި ހުންނަ އިއުގަނޯލް ގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ ކެނޑުވުމަށް އެހީތެރިވެދޭއިރު، ބައެއްކަހަލަ ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަންވެސް މި އެންޓިއޮކްސިޑަންޓަށް ލިބިގެންވެއެވެ. މިކަމުގެ ސަބަބުން ބައެއްކަހަލަ ޖަރާސީމުގެ ސަބަބުން ޖެހޭ އަނގައިގެ ބަލިތަކާއި އެނޫންވެސް ބަލިތަކުން އިންސާނާ ދުރުކޮށްދީ އަދި އަވަހަށް ފަސޭހަވުމަށް މަގުފަހިކުރުވައެވެ.

ދިވެހިންގެ ކެއުމުގެ ވައްޓަފާޅީގައި ކާނާ ތައްޔާރު ކުރުމުގައި ކަރަންފޫ މިހާރު ބޭނުން ކުރާ ވަރަށްވުރެ، ގިނަ ކުރަން އެބަ ޖެހެއެވެ. ފޮނި އެއްޗެއް ހެދިޔަސް އަދި ކުޅިއެއްޗެއް ތައްޔާރުކުރިނަމަވެސް ކަރަންފޫ ބޭނުން ކުރަންވީއެވެ. އޭގައި މަޑުމަޑު މީރު ރަހައެއް ހުންނަ އިރު، ރަހަ ހެޔޮކުރަންވެސް ކަރަންފޫ މިއީ މޮޅު އެއްޗެކެވެ. ކަރަންފޫ ހަފައިގެން ނުކޭ ނަމަވެސް ކައްކާ އެއްޗަކަށް ކަރަންފޫ އަޅައިގެން ކެއްކިނަމަވެސް އަދި ކަރަންފޫ ފެން ނުވަތަ ސައި ބޮއުނުކަމުގައިވިޔަސް، އޭގެން ލިބޭ ފައިދާ ލިބޭނޭކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް