ރައީސް އިބުރޭގެ އިންޑިޔާ އައުޓް ގަރާރުގައި ގާނޫނީ ބާރެއް ނެތް، އިންޑިޔާ އައުޓް ގޮވޭނެ: ހައިކޯޓް
ދެންމެ | 30 އޯގަސްޓް 2023
އިންޑިއާ އައުޓް ހުއްޓުވުމަށް ރައީސް އިބްރާހީމް މިދިޔަ އަހަރު ނެރުއްވި ޤަރާރަކީ ޤާނޫނެއް ނުވަތަ ޤާނޫނީ ބާރު ލިބޭ ޤަވާއިދެއްގެ ދަރަޖަ އޮތް އެއްޗެއް ނޫން ކަމަށް ހައިކޯޓުން ބުނެފިއެވެ.

 

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް އިބްރާހީމް ނެރުނު ގަރާރު ބާތިލުކުރަން ”ދިޔަރެސް“ ނޫހުގެ ތިން މުއައްސިސުން ކަމުގައިވާ އަހުމަދު އަޒާން, ޝިފްޒާން އަހުމަދު އަދި އަހުމަދު އިބްރާހީމް ހުށަހެޅި ދުސްތޫރީ މައްސަލައިގައި އިއްވި ހުކުމުގައި ބުނެފައިވަނީ އެ ޤަރާރަކީ ޤާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ނެރެއްވި ޤަރާރެއް ނަމަވެސް އެއީ ޤާނޫނެއް ނުވަތަ ޤާނޫނީ ބާރު ލިބިދޭ ޤަވާއިދެއްގެ ދަރަޖަ އޮތް އެއްޗެއް ނޫން ކަމަށެވެ.

މައްސަލަ ބެލުމުގެ އިހުތިސާސް ނެތްކަމަށް ހައިކޯޓުން ނިންމީ އެގޮތަށް ބަލާފައެވެ. މިގޮތުން ކޯޓު ހުކުމުގައި ބުނެފައިވަނީ ޤާނޫނެއް ނުވަތަ ޤާނޫނީ ބާރު ލިބިދޭ ޤަވާއިދެއްގެ ދަރަޖަ ނުލިބޭތީ އެއީ ދުސްތޫރީ މައްސަލައިގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫން ކަމަށެވެ.

އިންޑިއާ ސިފައިންނާއި ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހުއްޓުވަން ރައީސް އިބްރާހީމް ގަރާރެއް ނެރުއްވި ނަމަވެސް އެކަމާ ދެކޮޅަށް ހިޔާލު ފާޅުކުރުން ހުއްޓުވިފައި ނުވެއެވެ. އެ ގަރާރު ނެރެފައިވަނީ އިންޑިއާއިން އަންގައިގެންނެވެ.

ދިވެހިރާއްޖޭގެ އެތަންމިތަނުގައި އިންޑިއާ ސިފައިން ގިނަ އަދަދަކަށް ތިބިއިރު, ސިފައިންގެ އަދަދު ހާމަކުރަންވެސް ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލަވެސް ހައިކޯޓުގައި މިހާރު ކުރިއަށް ދާއިރު ދެން އޮތީ އެ މައްސަލައިގެ ހުކުމް ކުރުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!