ޑިމޮކްރެޓިކުން ދެކުނަށް: މަތިންނާއި ތިރިން ގުޅާލައި، ޓްރާންސްޝިޕްމަންޓް ބަދަރާއި ސީޕްލޭން ހަބެއް ގާއިމް ކުރުން.
ދެންމެ | 05 ސެޕްޓެމްބަރ 2023

އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅު ހިމެނޭ ގޮތަށް އިލްޔާސް ލަބީބު ދެކުނަށް ގެންގުޅުއްވާ ތަސައްވަރަކީ ޓޫރިޒަމްގެ ބޮޑު ހަބަކަށް ސަރަަހައްދު ބަދަލުކޮށްލުމެވެ.

 

– ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުން ހަރުދަނާކުރުން.

ޒަމާނީ ފެންވަރަށް އެއާޕޯޓް ތަރައްގީކޮށް ދުނިޔޭގެ އެކި މަންޒިލްތަކުން ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މެނިފެސްޓޯގައިވެ އެވެ.

 

– ސީ ޕްލޭން ހަބެއް ގާއިމްކުރުން

ހުވަދު އަތޮޅާއި ފުވައްމުލަކުގެ ޓޫރިޒަމަށް ފަހިވާނެ ގޮތަށް ތިން އަތޮޅު ތެރޭގައި ސީ ޕްލޭން އޮޕަރޭޓް ކުރެވޭނެ ހަބެއް، ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމްކުރާނެ އެވެ.

 

– ކަނޑު ދަތުރުގެ ނިޒާމް ތަރައްގީކުރުން

ފެރީ ޓާމިނަލްތައް ހިމެނޭ ގޮތަށް އައްޑޫ، ފުވައްމުލައް އަދި ހުވަދޫއާ ދެމެދު ކަނޑު ދަތުރުކުރުމުގެ ނިޒާމް ތަރައްގީ ކުރަން ވަނީ ނިންމާފަ އެވެ.

 

– ޓްރާންސްޝިޕްމަންޓް ބަނދަރެއް

އެފްރިކާ ބައްރުގެ އިރުމަރީ އަދި ދެކުނުގެ ގައުމުތަކާއި އިރުމަތީ އޭޝިއާގެ ގައުމުތައް ގުޅުވާލަދޭ ޓްރާންސްޝިޕްމަންޓް ހަބެއް އައްޑޫ ސިޓީގައި ގާއިމްކުރުމަށް ވެސް އިލްޔާސްގެ ތަސައްވުރުގައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!