ޑިމޮކްރެޓިކުން ފުވައްމުލަކު ލަގްޒަރީ ޓޫރިޒަމްގެ މަންޒިލަކަށް ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާއި ހިދުމަތް ދޭނެ ތަންތަނާއި ޕޫލުތައް ގާއިމް ކުރަނީ
ދެންމެ | 06 ސެޕްޓެމްބަރ 2023

ޑިމޮކްރެޓިކުން ފުވައްމުލަކު ލަގްޒަރީ ޓޫރިޒަމްގެ މަންޒިލަކަށް ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާއި ޕޫލުތައް ގާއިމް ކުރަން ނިންމައިފި އެވެ.

ޑިމޮކްރެޓިންގެ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތުން އެރަށުގައި އެންމެ ޒަމާނީ ހިދުމަތްތައް ދެވޭނެ ފެންވަރަށް ވަސީލަތްތައް ގާއިމް ކުރެވޭނެ އެވެ.

 

– ފުވައްމުލައް ބަނދަރު ތަރައްގީކުރުން

ފުވައްމުލަކުގައި މިހާރު ބޭނުން ކުރަމުންދާ ބަނދަރު މަރާމާތުކޮށް، ބޮޑު ބަނދަރަކަށް ހަދައި، ޓޫރިޒަމް އަދި ޕެސެންޖާ ބޭނުންތަކަށް ހާއްސަ ސަރަަހައްދުތަކާއި ބޭނުންވާނެ ޒަމާނީ ވަސީލަތައް ގާއިމްކުރާނެ އެވެ. ކޮމާޝަލް/ކާގޯ ހަރަކާތްތަކަށް ހާއްސަ ސަރަަހައްދެއް ކަނޑައަޅައި ބޭނުންވާ ވަސީލަތްތައް ހެދުމާއި ޑިންގީ ފަދަ ކުޑަ އުޅަނދުތަކަށް ހާއްސަ ޒަމާނީ ފެންވަރުގެ ޑޮކިން އޭރިއާއެއް ވެސް ގާއިމް ކުރާނެ އެވެ. އަދި، ވިޔަފާރި ބޭނުމަށް ބަނދަރު ސަރަަހައްދުން ކޮމާޝަލް ޔުނިޓްތައް ހަމަޖައްސައި ދޫކުރަން ވެސް ނިންމާފައިވެ އެވެ.

– ފުވައްމުލައް އެއާޕޯޓް ތަރައްގީކުރުން

ފުވައްމުލައް ބަނދަރު އެކްސްޓެންޝަންގެ ތެރެއިން ހިއްކާ ބިމުން އެއާޕޯޓްގެ ރަންވޭ އިތުރަށް އެކްސްޓެންޑް ކުރެވޭނެ ކަމަށާއި އޭރަށް 1600 މީޓަރަށް އެއާޕޯޓްގެ ރަންވޭ ބޮޑުކުރެވޭނެ ކަމަށް މެނިފެސްޓޯގައިވެ އެވެ. ޕްރައިވެޓް ޖެޓްތަކަށް ޖާގަ ދިނުމަށް އެއާޕޯޓްގެ އޭޕްރަން ބޮޑުކޮށް، ފެސިލިޓީސް ގާއިމް ކުރާނެ އެވެ.

އަދި، ކަޅު އަކިރިގަނޑު ސަރަަހައްދު ތަރައްގީ ކުރަން ވެސް ހިމަނާފައިވެ އެވެ. ޓޫރިސްޓުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށް ޓޫރިސްޓް ބީޗް ހެދުމާއި ފަތުރުވެރިންނަށް ހާއްސަކޮށްގެން ހިންގާ އެކިއެކި ހިދުމަތްދޭ ތަންތަނާއި ސޯލްޓީ ތެރަފިއުޓިކް އިންފިނިޓީ ޕޫލެއް ގާއިމް ކުރުމަށް ވެސް ތަސައްވުރު ކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!