ގެއްލުނު ދިވެހިނާއި ދޯނި ހޯދަން ޑަރޯން އުދުއްސާލައިފި
ދެންމެ | 20 އޭޕްރިލް 2024

މަހަށް ދިޔަ ދެ މީހެއްގެ ހަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން އެކްސްގައި މިރޭ ކުރި ޓުވީޓެއްގައި ބުނީ މ. މަޑުއްވަރި ކައިރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއް ނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ ރިޕޯޓު މިރޭ 10:06 ގައި ލިބިފައިވާ ކަމަށެވެ.

އެކަމުގެ ރިޕޯޓު ލިބުމާއެކު މ. އަތޮޅުގެ ފުލުހުންގެ ލޯންޗެއް އެ މީހުން ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ހޯދުމުގައި މަސައްކަތުގައި އެމްއެންޑީއެފުގެ ކޯސްޓުގާޑު ވެސް ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންނާއި އަދި އެ ދެ މީހުން މަހަށް ދިޔަ ލޯންޗާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، 119 އަށް ގުޅައި ހިއްސާކުރުމަށް ނުވަތަ ކޯސްޓްގާޑަށް އެ މައުލޫމާތު ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!