މިހާރު ރާއްޖޭގެ އެއްވެސް ތަނެއްގައި އިންޑިޔާ ސިފައިން ނުތިބޭނެ: ގައްސާން
ދެންމެ | 11 މެއި 2024

އުތުރު ތިލަފަޅުގައި ކުރިން އިންޑިއާ ސިފައިން ތިބި ކަމަށާއި ނަމަވެސް މިހާރު އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ، އުތުރުތިލަފަޅުގައި ކުރިން އިންޑިއާގެ އަސްކަރީން ތިބިނަމަވެސް މިހާރު އެތަނުގައި އިންޑިއާގެ އަސްކަރީން ނުތިބޭނެ ކަމަށެވެ.

ޣައްސާން ވިދާޅުވީ އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން މީގެ ކުރިން ތިބިކަން ރަސްމީ ލިޔުންތަކުން އެނގޭ ކަމަށާއި ނަމަވެސް އެމީހުން ތިބި ޢަދަދު ކަނޑައެޅިގެން ސާފުނުވާ ކަމަށެވެ.

”އަޅުގަނޑުމެންގެ މައުލޫމާތުތަކުން ދައްކާ ގޮތުން ކުރިން ތިބި. ނަމަވެސް އުތުރުތިލަފަޅުގައި މިހާރު އަސްކަރީ މީހަކު ނެތް،“ ޣައްސާން ވިދާޅުވި އެވެ.

އުތުރު ތިލަފަޅު ތަރައްގީ ކުރަން އިންޑިއާއާއެކު ޑިފެންސް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކުރީ 21 ފެބްރުއަރީ 2021 ގައެވެ. އެ އެއްބަސްވުމުގެ ދަށުން ޔޫޓީއެފް ތަރައްގީކޮށް މެނޭޖްކުރާނީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެނެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އިންޑިއާގެ ރެއިލްވޭ ކުންފުންޏެއް ކަމަށްވާ ރެއިލް ވިކާސް ނިގާމްއާ އުތުރު ތިލަފަޅުގެ މަޝްރޫޢު ހަވާލުކުރީ 186.3 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާއަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!