ގައުމެއް މުސްތަގްބަލު ކުރަހަދޭ ބަޔަކީ ކޮންމެ ގައުމެއްގެ ވެސް އަންހެނުންނާއި ކުޑަކުދިންނާއި ތައުލީމާއި ތަރުބިއްޔަތެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ހަ މަސް ވެފައިވާއިރު އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ސާޖިދާގެ ހިންގުންތެރިކަމާއި ހުސިޔާރުކަން އާދަޔާހިލާފެވެ.
އެކަމަނާ ހިތްހެޔޮ މިޒާޖާއި ރައްޔިތުންނާއި ވަކިން ހާއްސަކޮށް ކުޑަ ކުދިންނާއި އަންހެނުންނަށް ބަހައްޓަވާ އޯގާތެރިކަން އާދަޔާ ހިލާފެވެ.
އެކަމަނާގެ ދުރުވިސްނުމާއި ތޫނުފިލިކަމަކީ ދުލަކުން ގަލަމަކުން ބަޔާން ކުރެވޭނެ ކުރެވޭނެ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ކުޑަ ކުދިންނާއި އޮންނަ ގާތްކަމާއި އެކުދިންނަށް ދެއްވާ އަހުމިއްޔަތާއި އޯގާތެރިކަން އިންތިހާއަށް ބޮޑެވެ.
ޔުނިވަރސިޓީ އާއި ކޮލެޖްތަކުގެ ދަސްވެނިވުމުގެ ހަފްލާތަކާއި ކުޑަ ކުދިންގެ ޕްރީސްކޫލްތަކުގެ ހަފްލާތަކަށް ވަގުތު ހުސްކުރައްވައިގެން މެޑަމް ސާޖިދާ ވަޑައިގަންނަވަ އެވެ.
މެޑަމް ސާޖިދާ ތައުލީމީ ދަރިވަރުންނަށް ދެއްވާ އިސްކަން ވޭތުވެދިޔަ ކުރު މުއްދަތުގައި އެކަމަނާ ދައްކުވާދީފައިވަނީ އަމަލީ ގޮތުންނެވެ. ގައުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރާ ލޯބިވާ ފިރިކަލުންނަށް އަޅާލުމާއި އެކު ތުއްޕުޅު ބޭފުޅުންގެ ކަންކަން ހަމަޖެއްސުމަށް ފަހު އެކަމަނާ ތައުލީމީ ދަރުބާރުތަކަށް ވަޑައިގަންނަވަނީ ވަރުބަލިކަމެއް ނެތި އެވެ.
މެޑަމް ސާޖިޔާގެ ސާދާ މިޖާޒާއި އަންހެން ކަނބަލެއްގެ އިހްސާސާއެކު އަންހެނުންނާއި ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް އެކަމަނާއި ނިކުމެ އެހުންނެވީ ދިވެހި އަންހެން ކަނބަލުންގެ ރާނީގެ ގޮތުގަ އެވެ.
ތެދެކެވެ. މެޑަމް ސާޖިދާއަކީ ދުނިޔޭ އާޖުފާޖް ދަންނަ ތަރައްގީ އާއި ތަމަންދުނު ހޯދާފައިވާ އިގިރޭސި ވިލާތުން މާސްޓަރ ޑިގްރީއަށް ކިޔަވާ ވިދާޅުވެފައިވާ ދުނިޔެއަށް ލޯހުޅުވިފައި ހުންނެވި ފިސާރި ތައުލީމީ ކަނބަލެކެވެ. ދުނިޔޭ ތަހްޒީބު ދިރިއުޅުން ދެކެފައިވާ ތަހްޒީބާއި ތަމައްދުނަށް ލޯ ހުޅުވިފައިވާ ބޭކަނބަލެކެވެ.
ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެކިއެކި ހަފްލާތަކުގައި އެކަމަނާ އަންހެނުންނަށް ހިތްވަރު ދެއްވުމުގައި ޖޯސާއި ފޯރި ނެރުއްވި އެވެ. އަންހެނުންނަކީ ގަދަރުވެރި ބާރުވެރި ބަޔަކަށް ހެއްދެވުމަށް އެކަމަނާ އެހުންނެވީ ފިސާރި ޖޯސާއި ފޯރީގައި އެކަމަނާ ދައްކުވައިދީ އެވެ.