މެޑަމް ސާޖިދާ؛ ސިޔާސަނުވެ، ދިވެހިންގެ ހިދުމަތުގެ ’ކުންނު‘ ގައި!
ދެންމެ | 22 މެއި 2024

މެޑަމް ސާޖިދާއަށް ހިތުގެ ހާލިސް ކަމާއި އެކު ސުކުރިއްޔާ އާއި ސާބަހެވެ. ސިޔާސީ ކަންކަމުގެ ކިތައްމެ ފޯރިގަދަވި ނަމަވެސް މެޑަމް ސާޖިދާ ހިލަމެއް އަޑެއް ބަޑެއް ސިޔާސީ ހަރާތަކުން ސިޔާސީ ބަހުސަކުން ވެސް ނީވެ އެވެ. އެހެންނަމަވެސް އެކަމަނާގެ ހިދުމަތާއި އަޑެއް ގައުމުގައި ކުޑައެއް ނޫނެވެ.

އިޖްތިމާއީ ގޮތުން ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގެ މަދަދުގާރަކީ މެޑަމް ސާޖިދާއެވެ. ރައްޔިތުންނާއި ގުޅޭ އިޖްތިމާއީ ކަންކަމުގައި ފޯރީގައި އުޅުއްވާތީ ފެނިގެންދެ އެވެ. ގައުމުގެ އިޖްތިމާއީ ކަންކަން ރަގަޅު ކުރެއްވުމަށް އަމަލީ ގޮތުން މަސައްކަތްޕުޅު ކުރައްވަ އެވެ.

ދިވެހިންގެ ތެރޭގައި ވީދި ކުދިކުދި ވަމުންދާ އިޖްތިމާއީ ހާލަތު ރަގަޅު ކުރުމަށް އެކަމަނާ އެތަކެއް މަސައްކަތްތަކެއް ކުރަމުންދާ ފާހަގަ ވެއެވެ.

ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރާ ދިވެހި ފުލުހުންގެ އަންހެން ކަނބަލުންނަށް އެކަމަނާގެ އިލްމީ ހިލްމުގެ ތަޖްރިބާ ހިއްސާ ކުރައްވައި އިރުސާދު ދެއްވައިފި އެވެ. އެތައް އަގުހުރި ނަސޭހަތެއް އެފުލުހުންނަށް ކިޔައިދީފި އެވެ.

އާއްމް އިޖްތިމާއީ ކަންކަމުގެ އިތުރުން ދިވެހިން ކެއުން ބުއިމަށް ބޭނުން ކުރުމަށް ރާއްޖޭން ބޭރުން އެތެރެކުރާ އެންމެހައި ބާވަތްތަކުގެ ކޮލިޓީ ބައްލަވާފަދައިން ރާއްޖޭގައި އުފައްދާތަކެތީގެ ކޮލިޓީ ބައްލަވަން މިއަދު ސަރުކާރުން ނިންމަވާފައިވާއިރު, ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތް ކުރެއްވި މެޑަމް ސާޖިދާ އަކީ އެފަންނުން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ތަޖުރިބާކާރެކެވެ.

ތައުލީމާއި އަންހެނުން ބިނާ ކުރުމާއި އަންހެނުންނަށް ދިމާވާ އިޖްތިމާއީ ކަންކަމުގައި ދިވެހި ގައުމަށް ފަހި ގޮތް ހޯއްދަވައި ދެއްވުމަށް އެކަމަނާ ކުރައްވާ މަސައްކަތް ރައްޔިތުންނަށް ސާފެވެ.

ދިވެހިންގެ މެދުގައި ތެލްސީމިޔާއަކީ އިޖްތިމާއީ ކަމަކަށްވެފައިވާއިރު ވެރިކަމުގެ މި ކުޑަ ދުވަސްކޮޅުގައި އެކަމަނާ ވަނީ އެކަމަށް ވެސް ހާއްސަ ސަމާލުމެއް ދެއްވާފަ އެވެ.

ސިޔާސީ ގޮތުން ގައުމަށް ޖެހިފައިވާ ބޭނުމަށް ވުރެ އިޖްތިމާއިން ގޮތުން ގައުމަށް ޖެހިފައިވާ ބޭނުން ބޮޑުކަން މެޑަމް ސާޖިދާ ދެނެގެންފި އެވެ. ރައްޔިތުންގެ އުދާސްތައް އެކަމަނާ ހޯއްދަވައިފި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!