ބޮސްނިޔާ ގަތުލްއާއްމް ފާހަގަ ކުރަން ތާއީދު ނުކުރި ސަބަބު ހޯދަން މައުމޫނު އެދިއްޖެ
ދެންމެ | 26 މެއި 2024

މީގެ 29 އަހަރު ކުރިން ބޮސްނިއާގައި އެތައް ހާސް މުސްލިމުން މަރައި ހިންގި ގަތުލުއާންމު ފާހަގަކުރަން އދ. އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ތާއީދުނުކުރި ސަބަބު ހޯދަން ކުރީގެ ރައީސް ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.

ބޮސްނިއާ ހަނގުރާމައިގެ ތެރެެއިން ބޮސްނިއާ ސާބްސްއަށް ނިސްބަތްވާ މިލިޓަރީ ގްރޫޕަކުން ހިންގި މި ގަތުލްއާންމު ބަލައިގަތުމަށް އ.ދ ގައި ނެގި ގަރާރުގައި ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓު ދީފައިނުވެއެވެ.

އެކަމާ ގުޅިގެން މައުމޫންގެ ދަރިކަލުން ފާރިސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ފާރިސް މައުމޫން ”އެކްސް“ގައި ވިދާޅުވީ އެ ގޮތަށް ވޯޓު ދޭން ޖެހުނު ގޮތް ބަލަން ކޮންމެ ދިވެހި ރައްޔިތަކު ވެސް ބަލަން ބޭނުންވާނެ ކަމަށެވެ.

މީގެ ކުރިން ދިވެހިރާއްޖެއިން ބޮސްނިއާ މުސްލިމުންނާއެކު ތިބި ގޮތް ގިނަ ދިވެހިން އަދިވެސް ހަނދާން ހުންނާނެ ކަމަށް ފާރިސް ވިދާޅުވެފައިވެއެވެ.

ފާރިސްގެ ޕޯސްޓަށް މައުމޫން ރިޕްލައި ކުރައްވަމުން ވަނީ ވޯޓު ދޭން ޖެހުނު ގޮތް ބަޔާންކޮށްދިނުމަށް މިނިސްޓަރު މޫސާ ޒަމީރުގެ އަރިހުން އެދިވަޑައިގެންފައެވެ.

ޖުލައި 11، 1995 ގައި ބޮސްނިއާގެ ސްރޭބްރޭނީޓްސްއާގައި 8،372 މުސްލިމުން މަރާލި ހާދިސާއަކީ ގަތުލުއާންމެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވަނީ މީގެ ކުރިން ބަލައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!