”ރިސޯޓުތަކަށް ކޮންމެވެސް ގޮތެއް ވެއްޖެ،“ ގެސްޓުހައުސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި މާފުށި ކައުންސިލްގެ ރައީސް އަހްމަދު ކަރަމް މިއަދު ’ދައުރު’އަށް ވިދާޅުވި އެވެ.
ކަރަމް ވިދާޅުވީ ރިސޯޓުތަކުން ޓޫރިޒަމް ވިޔަފާރި ކުރަމުން އައި ގޮތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އޭނާގެ ވިސްނުމުގައި ކުރިން ލިބިފައި ހުރި ގިނަ ފަސޭހަތަކެއް މިހާރު ރިސޯޓުތަކަކަށް ނެތެވެ.
”ޒަމާނުއްސުރެ ވަރަށް އީޒީ ބިޒްނަސް އެއް ރިސޯޓުތަކުން ކުރީ. ޑިމާންޑަށް ވުރެ ސަޕްލައި މަދުކޮށްފައި، ކޮންމެ އަހަރެއް ފެށޭއިރު ޓްރެވަލް އެޖެންސީތަކަށް %30 ވިއްކައިގެން މުޅި އަހަރަށް ޕޭމަންޓު ނަގައިގެން ވަރަށް ހަމަޖެހިފައި [ކުރިން] ތިބީ،“ ކަރަމް ވިދާޅުވި އެވެ.
”މިހާރު ބޭރުގެ ހޮޓެލް ޗެއިންތައް ވެސް ރާއްޖޭގައި އެބަތިބި. އަޕްގްރޭޑް ނުކުރެވި ހުރި ރިސޯޓުތަކަށް ޗެލެންޖަކަށް ވީ.“
ބައެއް ރިސޯޓުތަކުން ފުލް ބޯޑު ޕެކޭޖުތައް ވެސް 150 ޑޮލަރު ހާ އަގުހެޔޮކޮށް ވިއްކަން ލިސްޓުކޮށްފައި އެބަހުއްޓެވެ. ނަމަވެސް، މިއީ ހިދުމަތުގައި މައްސަލައެއް އުޅޭތީ ނޫންކަން ރިވިއުތަކާއި ވެބްސައިޓުތަކުން ދީފައިވާ ރޭޓިން އަދި ކަރަމްގެ ވާހަކަތަކުން ވެސް އެނގެ އެވެ.
ގުޅުންހުރި ކަމެއް – ވޯލްޑް ބޭންކުން މިދިޔަ މަހު ފަހުކޮޅުގައި ނެރުނު ރިޕޯޓެއްގައި ގިނަ ޓޫރިސްޓުން މިހާރު އަގުބޮޑު ރިސޯޓުތަކުގެ ބަދަލުގައި އަގުހެޔޮ ގެސްޓުހައުސްތައް ހިޔާރުކުރާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެއާ އެކު، ވޯލްޑް ބޭންކުން ލަފާކުރަނީ ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.