ޖުނުބުވެރިވެއްޖެނަމަ އެންމެ ރަނގަޅު، އަދި އެންމެ ރައްކައުތެރި ގޮތަކީ ހިނައިގަނެގެން ނިދުމެވެ. ކުރިމަތިވާ އެންމެ ޢާންމު މައްސަލައަށް ބެލިނަމަވެސް ހިނައި ނުގަނެ ނިދައިފިނަމަ ދިމާވާ ގޮތަކުން ހޭލެވުން ލަސްވެއްޖެނަމަ ހިނައިގަނެގެން ފަތިސްނަމާދުކުރަން އުނދަގޫވެއެވެ. އަދި ފިރިހެނުން ޖަމާޢަތުގައި، އަންހެނުން ވީހާ އަވަހަކަށް ފަތިސްނަމާދުކުރަން ހުރަހަކަށްވެގެންދެއެވެ.
ޢާއިޝަތުގެފާނުގެ އަރިއަހުން ވިވާވެގެންވާ މި ޙަދީޘްފުޅުން އެނގޭ ގޮތުގައި ޖުނުބުވެރި ޙާލުކޮޅިގައި ރަސޫލާ ﷺ އަވަހާރަފުޅު ލައްޕަވާނަމަ އަވަހާރަފުޅުލެއްޕެވުމުގެ ކުރިން ވުޟޫކުރައްވަވައެވެ. ވީމާ ޖުނުބުވެރި ޙާލުގައި ނިދާނަމަ ނިދުމުގެކުރިން ވުޟޫކުރުމަކީ ސުންނަތެކެވެ.
عَنْ عَائِشَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَرَادَ أَنْ يَنَامَ وَهُوَ جُنُبٌ تَوَضَّأَ وُضُوءَهُ لِلصَّلَاةِ قَبْلَ أَنْ يَنَامَ
282 صحيح البخاري كتاب الغسل باب كينونة الجنب في البيت إذا توضأ قبل أن يغتسل
305 صحيح مسلم كتاب الحيض باب جواز نوم الجنب واستحباب الوضوء له وغسل ا
Aisha reported: If the Messenger of Allah, peace and blessings be upon him, intended to sleep while in a state of major ritual impurity, he would perform ablution before he slept.
Source: Ṣaḥīḥ al-Bukhārī 282, Ṣaḥīḥ Muslim 305
Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim